މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅިގެން އެސްޓީއޯއިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ތައާރަފްކޮށްފި އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކާ ބައެއް ބާވަތްތަކުގެ މުދަލުން މުދައްރިސުންނަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މި ޑިސްކައުންޓަކީ މުޅި ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ލިބޭނެ ޑިސްކައުންޓެއް ކަމަށާއި މިއީ އެއް ދުވަހަށް ކަނޑައެޅިފައިވާ ޑިސްކައުންޓެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މިއީ އެސްޓީއޯއިން ރާއްޖޭގެ ސަރުކާރު އަދި ޕްރައިވެޓް ހުރިހާ ސްކޫލްތަކެއްގެ މުދައްރިސުންނަށް ދޭނެ ޑިސްކައުންޓެއް،" އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން އަބަދުވެސް ގަބޫލްކުރަނީ މުދައްރިސުންނަކީ ގައުމު ބިނާކުރުމުގައި ވަރަށް މަތިވެރި ދަޢުރެއް އަދާކުރާ ބައެއް ކަމުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން އަބަދުވެސް މުދައްރިސުންގެ އަގު ވަޒަންކުރުމަށް އިސްކަންދޭ ކަމަށެވެ.

"އެހެންނަމަވެސް، މުދައްރިސުން ކުރައްވާ ބިޔަ، ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ފަސޭހަކަމެއްނޫން،" އެސްޓީއޯއިން ބުންޏެވެ.

"އެސްޓީއޯގެ މި ހަދިޔާ، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ކަމުދާނެކަމަށް އުންމީދުކުރަން."