Advertisement

އައްޑޫ ސިޓީ ހިތަދޫ / ފޮޓޯ: އަލީ އިބްރާހީމް

އައްޑޫ ސިޓީގެ ބިންތަކުގެ ކުލި ހަ މަހަށް ފަސްކޮށްދޭން ނިންމައިފި

FacebookTwitterWhatsAppTelegramViber

އައްޑޫ ސިޓީން އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ކުލި ފަސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ހަ މަސްދުވަހަށް ކުލި ފަސްކޮށްދިނުމަށް ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަ މަސް ދުވަހުގެ ކުލި ފަސްކޮށްދީ، ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގައި ކުރަން ހުރި ކަންކަން ކުރުން ފަސްކޮށްދިނުމަށް އެދި އަންނަ މަހުގެ 30 ގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކުލި ފަސްކޮށްދިނުމަށް އެދި ކައުންސިލަށް ހުށަހަޅަން ޖެހޭނީ އެއްބަސްވުމުގެ ކޮޕީ އަކާއި އެކުގަ އެވެ. މިކަމަށް އެދި ކައުންސިލަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުުޅުވާލާފަ އެވެ.

އައްޑޫ ސިޓީގެ ހުރިހާ އަވަށަކުންވެސް އެކިއެކި ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށް ބިންތައް ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފިހާރަ ރެސސްޓޯރަންޓް އަދި އެހެނިހެން ކަންކަމަށް ދޫކޮށްފައިވާ ބިންތައް ހިމެނެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top