Advertisement

ދިރާގު ޕްލޭ އެޕް ޑައުންލޯޑް ކޮށްފިންތަ؟

FacebookTwitterWhatsAppTelegramViber

މޮބައިލް ފޯނުންނާއި މޮބައިލް ޑިވައިސްތަކުން އޮންލައިންކޮށް ޓީވީ އަދި މުނިފޫހިފިލުވުމުގެ ތަފާތު ކޮންޓެންޓް ސްޓްރީމް ކުރުމަކީ މިހާރު މުނިފޫހިފުލުވުމަށް އެންމެ ގިނަ މީހުން ކޮށްއުޅޭ ކަންތައްކަން ޔަގީނެވެ. ވަކިން ޚާއްސަކޮށް މިހާރު، ގޭގައި ތިބެން ޖެހިފައިވުމުގެ ސަބަބުން މިފަދަ ޚިދުމަތްތަކުގެ ބޭނުން ވަނީ ވަރަށް ބޮޑަށް ޖެހިފަ އެވެ.

ދިރާގުން ވަނީ ދާދި ފަހުން، "ދިރާގު ޕްލޭ" ގެ ނަމުގައި މޮބައިލް ޑިވައިސްތަކުން ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް ބަލާލެވޭ ފަދަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފަ އެވެ.

ދިރާގު ޕްލޭ އަކީ ހަމައެކަނި ލައިވް ޓީވީ ބަލާލެވޭ އެޕްލިކޭޝަނެއް ނޫނެވެ. މި އެޕުން ޕްރޮގުރާމްތައް ކުރީ ބައިގައި ރިކޯޑް ވެސް ކޮށްލެވެ އެވެ. އަދި ހަނދާން ނެތިގެން ބޭނުންވާ ޕްރޮގުރާމެއް ބަލައިނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެ އެވެ. ހަމައެއާއެކު، ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާއިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެ އެވެ.

ލައިވް ޓިވީ ރިކޯޑިން

މިހާރު، ޓީވީތަކުން ފޮނުވާ ޕްރޮގުރާމެއް ނޫނީ ޝޯއެއް ދައްކާ ވަގުތު ބިޒީވެގެން އެ ޕްރޮގުރާމެއް ނުބެލި ހުންނާކަށް ނުޖެހޭނެ އެވެ. ދިރާގު ޕްލޭގެ ރިކޯޑިން ފީޗާ އިން ކުރީ ބައިގައި ޕްރޮގުރާމްތައް ރިކޯޑް ކުރުމަށް ޝެޑިއުލް ކުރެވޭނެ އެވެ. އަދި ހަމަ އެހެންމެ، އެ ޕްރޮގްރާމެއް ދައްކަމުންދާ ވަގުތުވެސް ރިކޯޑް ކުރަން ޖައްސާލެވޭނެ އެވެ.

އަލުން ލައިވް ޓީވީ ރީސްޓާޓް ކޮށްލެވުން

ވަރަށް ގިނަ ފަހަރު ޓީވީ ހުޅެވެނީ މުހިންމު ޕްރެސް ކޮންފަރެންސެއް ނުވަތަ ޚަބަރު ގަޑިއެއްގެ މެދުތެރެއިންނެވެ. ދިރާގު ޕްލޭގެ "ރީސްޓާޓް" ފީޗާ އަކީ މިކަމަށް އޮތް ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މި ފީޗާ މެދުވެރިކޮށް މިހާރު ބަލަމުން ގެންދާ ޕްރޮގުރާމެއް އަންނަމުން ދާއިރު އެ ޕްރޮގްރާމެއް އަލުން ފަށައިގެން ބަލާލެވޭނެ އެވެ.

ގިނަ ޑިވައިސްތަކުން އެއްފަހަރާ ބޭނުންކުރެވުން

ގޭގައި ޓީވީން ޓީވީ ބަލާއިރު އެންމެ ގިނައިން ޖެހޭ އެއް މައްސަލައަކީ ގޭގެ އެންމެން އެއްފަރާ އެއް ޕްރޮގްރާމެއް ނުވަތަ ޝޯއެއް ޓީވީން ބެލުމަށް އެއްގަލަކަށް ނާރާ މައްސަލަ އެވެ. މީގެ ހައްލަކީ ދިރާގު ޕްލޭ އެޕެވެ. މި އެޕް މެދުވެރިކޮށް ލައިވް ޓީވީ އަދި ދިރާގު ޓީވީގެ ވީއޯޑީ ކޮންޓެންޓް ތިން ޑިވައިސް އިން އެއްފަހަރާ ބަލާލެވޭނެ އެވެ. އެހެންކަމުން، ކޮއްކޮ ޓެލިކްލާސްގައި ކިޔަވަން އިނަސް، ނޫނީ މަންމަ ޓީވީން ޚަބަރު އަޅުވާފައި ހުއްޓަސް މޮބައިލް ފޯނުން ފަސޭހަކަމާއެކު ބޭނުންވާ ޝޯއެއް ބަލާލެވެނެ އެވެ.

ދިރާގު ވީޑިއޯ އޮން ޑިމާންޑް

ދިރާގު ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ގެ ކޮންޓެންޓް ވެސް ދިރާގު ޕްލޭ އެޕުން ބަލާލެވޭނެ އެވެ. ދިރާގު ވީއޯޑީ އަކީ މުނިފޫހިފިލުމުވުމަށް ފިލްމާއި ސީރީޒް އިން ފެށިގެން ގޮސް ތުއްތުކުދިންނަށާއި ސްކޫލް ކުދިންނަށް މުހިންމު މައުލޫމާތު ހިމެނޭ ޚާއްސަ ޝޯތަކާއި ޕްރޮގުރާމްތައް އެކުލެވިގެންވާ ބައެކެވެ. އެގޮތުން، އޯލެވެލް އާއި އޭލެވެލްގައި ކިޔަވާ ކުދިންނަށް މުހިންމު ފިލާވަޅުތަކެއް ހިމެނޭ "އެޑިއު ޒޯން" ގެ ކޮންޓެންޓްވެސް ދިރާގު ޕްލޭ އެޕުން ބަލާލެވޭނެ އެވެ.

ޓިވީ ޕްރޮގުރާމް ގައިޑް އަދި ކެޗްއަޕް

މި އެޕް މެދުވެރިކޮށް ޗެނަލްތަކުގެ ޕްރޮގްރާމް ގައިޑް ފަސޭހަ އިން ބަލާލެވޭނެ އެވެ. އެގޮތުން، ކުރިން ދައްކާފައިވާ ޕްރޮގުރާމްތަކަކީ ކޮބައިކަމާއި ކުރިއަށް އޮތް ދުވަސްތަކުގައި ދައްކަން ހަމަޖެހިފައިވާ ޕްރޮގްރާމްތައް ވެސް ބަލޭލެވޭނެ އެވެ. އަދި ހަމަ އެހެންމެ، މީގައި ހިމެނޭ ކެޗްއަޕް ފީޗާ އިން، ހަނދާން ނެތިގެން ބޭނުންވާ ޕްރޮގްރާމެއް ބަލައިނުލެވިއްޖެ ނުވަތަ ރިކޯޑްކޮށް ނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގްރާމެއް ބަލާލެވޭނެ އެވެ. ކެޗްއަޕް ފީޗާ މިވަގުތު އެކުލެވިގެންވަނީ ބައެއް ޗެނަލްތަކުގަ އެވެ.

ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަންޏެވެ. ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގައި އިންޓްރޮޑަކްޓަރީ އޮފައެއްގެ ގޮތުން "ޕްލޭ" ޕެކޭޖް މުޅިން ހިލޭ އެއް މަސްދުވަހަށް ލިބިގެންދާނެ އެވެ. މި ޕްކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ 15 ޖޫން 2020ގެ ނިޔަލަށެވެ. އެއަށް ފަހު ކަސްޓަމަރުންނަށް މި ޕެކޭޖް މަހަކު އެންމެ 30 ރުފިޔާ އަށް ބޭނުންކުރެވޭނެ އެވެ. ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓިވޭޓް ކުރާތާ 30 ދުވަހެވެ.

މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރުވެސް 23 ޗެނަލް ބަލާލެވޭނެވެ. އަދި ދިރާގުން ދަނީ ދިރާގު ޕްލޭ އަށް އިތުރު ކޮންޓެންޓާއި ޗެނަލްތައް ހިމެނުމުގެ މަސައްކަތް ކުރަމުންނެވެ.

ރާގުޕްލޭ މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރއިން ހިލޭ ޑައުންލޯޑްކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިރާގުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުނިފޫހިފިލުމުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް މުއްސަނދިކުރުމަށެވެ. އެގޮތުން، ޚަބަރު، ކުޅިވަރު އަދި ލައިފްސްޓައިލް ކޮންޓެންޓް ފަސޭހަކާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވިޔަސް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top