ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު 27އަށް އަރައިފި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ދުނިޔޭގެ މަޝްހޫރު ގިނަ އެއާލައިންތަކެއް މީގެ ތެރޭގައި ހިމެނޭއިރު، އެންމެ ގިނައިން ރާއްޖެއަށް ދަތުރުކުރަނީ އެމިރޭޓްސް އާއި ގަތަރު އެއާވޭސްއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެގޮތުން މިހާރު އެންމެ ގިނައިން ރާއްޖެއަށް ދަތުރުތައް ބާއްވާ ސަރަހައްދުތަކަކީ މެދު އިރުމައްޗެވެ. އަދި ރާއްޖެ ދަތުރުކުރާ އެއާލައިންތަކުގެ ތެރެއިން އެންމެ ގިނައިން އަންނަނީ އިންޑިއާއިން ކަމުގައި އެމިނިސްޓްރީން ހާމަކޮށްފައިވެ އެވެ. އެގޮތުން އެ ގައުމުގެ ހަތަރު އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރެ އެވެ.

ކޮވިޑާއި ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، ބޯޑަރުތައް ހުޅުވާލުމާ އެކު ބޭރު ގައުމުތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ ފަށާފަ އެވެ. އަދި އެއާއެކު ރާއްޖެ ދަތުރުކުރާ ފަތުރުވެރިންގެ އަދަދުވެސް ވަނީ ގިނަވެފަ އެވެ.

އެގޮތުން އެންމެ ފަހުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މެދު އިރުމަތީގެ ބަޖެޓް އެއާލައިން ކަމަށްވާ "ވިޒް" އެއާ އިންނެވެ.