ކޮވިޑް ބަލިމަޑުކަމަށް ފަހު ފުރަތަމަ ކުރޫޒްލައިނާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)އިން ވަނީ ކްރޫޒްލައިނާ ގެނައުން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. އެހެން ނަމަވެސް ކޮވިޑް ހާލަތު ރަގަޅުވުމާއެކު މާޔާއިން ވަނީ މިއަދު ރާއްޖެއަށް ފުރަތަމަ ކުރޫޒްލައިނާ ގެނެސްފަ އެވެ. މިއީ ޖަރުމަންވިލާތުގެ ގައުމެއްކަމަށްވާ މޯލްޓާގެ ކްރޫޒްލައިނާއެކެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)އިން ބުނީ، މިކުރޫޒް ލައިނާއިން 420 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ.

ހަތް ތަރީގެ މިކުރޫޒްލައިނާ ފުރަތަމަ ދަތުރުކޮށްފައިވަނީ ޅޮހިފުއްޓަށެވެ. އަދި މާދަމާ ކުޑަފުއްޓަށް އެބޯޓު ދަތުރުކުރާނެކަމަށް މާޔާއިން ބުންޏެވެ.

މާޔާއިން ބުނީ އާންމުކޮށް ރާއްޖެއަށް އަންނަ ގިނަ ކުރޫޒްލައިނަރތައް މާލެއަށް ދަތުރުކުރާކަމަށެވެ. ނަމަވެސް މި ކުރޫޒްލައިނަރ މާލެއަށް ކައިރިކުރުމުގައި ދަތިތަކެއްހުރުމުން މާލެއަށް ކައިރި ނުކުރަން ނިންމާފައިވާކަމަށް މާޔާއިން ބުންޏެވެ. އެގޮތުން، ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ މިފަދަ ބޯޓުތައް ބަނދަރު ކުރާނެ ފާލަމެއް ނެތުން ކަމަށް މަޔާއިން ފާހަގަކުރި އެވެ.

މާޔާއިން ބުނީ ކޯވިޑާއި ގުޅިގެން ކުރޫޒް ލައިނަރތަކުގެ ދަތުރުތައް މެދުކަނޑާލުމަށްފަހު އެއެސޯސިއޭޝަނުން ދަތުރުތައް ފަށާފައިމިވަނީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ގުޅިގެން ކަމަށެވެ. މާޔާއިން ބުނީ އަހަރުގެ ކުރިއަށްހުރި ދުވަސްތަކުގައި ކުރުޒްލައިނަރތަކުގެ ގިނަ ދަތުރުތައް ރޭވިފައިވާކަމަށެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުޜޫޒް ޓޫރިޒަމް ފުޅާކުރުމަށް ޓޫރިޒަމް މިނިސްޓްރީންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.