ހޮރައިޒަން ފިޝަރީޒްއިން "ޓޫނާ ޕާސްތާ ސޯސް" ބާޒާރަށް ނެރެފި އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހޮރައިޒަން ފިޝަރީޒްގެ މި އުފެއްދުން ބާޒާރަށް ނެރެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހު ފަރެސްމާތޮޑާގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

ހޮރައިޒަން ފިޝަރީޒްއިން ބުނީ ދަޅުގައި ޓޫނާ ޕާސްތާ ސޯސް ބަންދުކުރުމުގެ މައިގަނޑު މަގްސަދަކީ ކަނޑުމަހަކީ ދިވެހިން ލޯބިކުރާ ކެއުމަކަށްވާއިރު، ޕާސްތާއާއެކު ތައްޔާރުކޮށްފިނަމަ މިއީ ރަހަތަކަށް ލިބޭ ފުރިހަމަ ކަމަށްވާނެތީ ކަމަށެވެ.

ހޮރައިޒަނުން މި ތައާރަފްކުރި އުފެއްދުމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަސްޓަމަރުންގެ މެދުގައި މަގުބޫލު އުފެއްދުމަކަށް ވާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެ އެވެ.

މި "ޓޫނާ ޕާސްތާ ސޯސް" އަކީ ރެޑީ މޭޑް އުފެއްދުމަކަށް ވުމުގެ ސަބަބުން ކާބޯތަކެތި ތައްޔާރުކުރުމަށް ހޭދަވާ ވަގުތު ސަލާމަތްވެ އިސްރާފު މަދުވާނެ ކަމަށް ހޮރައިޒަނުން ބުނެ އެވެ.

ހޮރައިޒަންއިން ބުނީ އެ ކުންފުނިން މި އުފެއްދުން ބާޒާރަށް ނެރުމަށް އެއް އަހަރު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ މުއްދަތުގައި އެ ސޯސްގެ އެކި ތަހުލީލުތައް ކޮށް ރަހަ ނުގެއްލޭހެން ފްރެޝްކޮށް، ޝެލްޕް ލައިފް ދިގު ބެހެއްޓޭނެ ގޮތްތައް ހޯދައި، ތައްޔާރު ކޮށްފައިވާ އުފެއްދުމެކެވެ.

މި އުފެއްދުން ތައްޔާރުކޮށްފައި ވަނީ ތާޒާ ކަނޑުމަސް އަދި ޓޮމާޓޯ ސޯސް ބޭނުންކޮށްގެން އެއްވެސް ޕްރިޒަވެޓިވްއެއް ނާޅާކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ދަޅުގައި ސޯސް ނުބައިނުވެ، ހަމަ އެއް ކޮލެޓީއެއްގައި ދެ އަހަރު ހުންނާނެ ކަމަށް ހޮރައިޒަނުން ބުނެ އެވެ.