ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އިންޓަނޭޝަނަލް ޓާމިނަލްގައި ހުރި ނުވަ ޓޫރިސްޓު ރެޕްރަޒެންޓޭޓިވް ކައުންޓަރު (ޓީއާރްސީ) ކުއްޔަށްދޭން އެމްއޭސީއެލް އިން އިއުލާނު ކޮށްފި އެވެ.

އެމްއޭސީއެލްއިން ކުރި އިއުލާނުގައި ބުނީ، ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލްގައި ހުސްކޮށް ހުރި ނުވަ ޓޫރިސްޓު ރެޕްރަޒެންޓޭޓިވް ކައުންޓަރެއް ކުޔަށް ހިފާނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުުން އަންނަ އަހަރުގެ ޖެނުއަރީ މަހު 2 ވަނަ ދުވަހުގެ މެންދުރު 2 ގެ ކުރިން އެމްއޭސީއެލްއަށް ހުށަހަޅަން ޖެހޭނެކަމަށް އެމްއޭސީއެލްއިން ބުނެފައިވެ އެވެ. އެގޮތުން ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް އެމްއޭސީއެލްއަށް ހުށަހެޅިދާނެ ކަމަށް އެކޯޕޮރޭޝަނުން ބުނެފައިވެ އެވެ.

އެމްއޭސީއެލްއިން އިތުރަށް ބުނީ، އެކަމަށް ކުރިމަތިލާ ފަރާތްތަަކީ ޓޫރިޒަމް މިނިސްޓްރީގެ ރިސޯޓު، ހޮޓެލް، ގެސްޓުހައުސް، ވެސަލް، ޔޮޓްމެރިނާ، ޑައިވްސެންޓާ، ނުވަތަ ޓްރެވެލް އެޖެންސީ ހިންގުމުގެ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންވާނެ ކަމަށެވެ. އަދި މިހާރު ވެސް ޓީއާރްސީއެއް ލިބިފައިވާ ފަރާތެއް ކަމުގައިވާ ނަމަ، މި ބީލަމުގައި ބައިވެރިނުވެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެމްއޭސީއެލުން ބުނީ، ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ޖެނުއަރީ މަހު 16 ވަނަ ދުވަސް ކަމަށެވެ. އަދި ބީލަންތައް ހުށަހަޅާއިރު ހުންނަން ވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށް ވެސް އެމްއޭސީއެލްއިން ބުނެފައިވެ އެވެ.