ދިރާގުގެ މޯބައިލް އެޕްލިކޭޝަނަށް މުޅިން އާ އަޕްޑޭޓެއް ތައާރަފްކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީއާ ފީޗާތަކާ އެކު އެޕްލިކޭޝަން ބޭނުންކުރަން ފަސޭހަވާނެ ކަމަށެވެ.

އެޕަށް ގެނައި އާ ފީޗާތައް

  • މޮބައިލް ޕްލޭންތަކާއި ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަށް ބަދަލުކުރުން: މިހާރު ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު މޯބައިލް ޕްލޭންތަކާއި ހޯމް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތައް ބަދަލުކުރެވޭނެ އެވެ. ކުރިން މި ބަދަލު ގެނެވޭނީ ހަމައެކަނި ދިރާގު މައިއެކައުންޓް ޕޯޓަލް މެދުވެރިކޮށެވެ.
  • ތަފްސީލީ ބިލް ފެނުން: ރެސިޑެންޝަލް ކަސްޓަމަރުންނަށް، ފާއިތުވި 12 މަސް ދުވަހުގެ ބިލްގެ ފުރިހަމަ ތަފްސީލް މިހާރު ދިރާގު އެޕް މެދުވެރިކޮށް ބަލައިލެވޭނެ އެވެ. ބިލްގެ މައުލޫމާތު ދިރާގު އެޕްއަށް ލޮގިންކޮށްލުމަށް ފަހު "ވިއު ބިލްސް" ސެކްޝަނަށް ދިއުމުން ހޯދޭނެ އެވެ.
  • އެޑް-އޮންސް ކެންސަލް ކުރުން: ދިރާގު ޕޯސްޓްޕެއިޑް 150 އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަސްޓަމަރުންނަށް މިހާރު ރިކަރަންޓް އެޑް-އޮންތައް އެ އެޕްގައިވާ "އެޑް-އޮން ބެލެންސް" ބަޓަނުން ކެންސަލް ކުރެވޭނެ އެވެ.

ގޫގުލް ޕްލޭ ސްޓޯރާއި އައިއޯއެސް އެޕް ސްޓޯރު މެދުވެރިކޮށް ކަސްޓަމަރުންނަށް ދިރާގު މޮބައިލް އެޕް އަޕްޑޭޓް ކުރެވޭނެ އެވެ.

ދިރާގުން ބުނީ އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށްދޭން ކަމަށެވެ.