އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުގައި ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިފަރާތަކަށް ކިންގްސްޓަން ޝޯރޫމް އިން ސްކޫޕީ ސައިކަލެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ އާއި އެފްއެސްއެމް ގުޅިގެން މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ މިދިއަ އހަރު ހަމަޖައްސައިފަ އެވެ.

އުރީދޫން ބުނީ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކަށް އެމް-ފައިސާ މެދުވެރިކޮށް 14 މޭ 2023 ގެ ކުރިން ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކިންގްސްޓަން ޝޯރޫމްގެ ފަރާތުން ސްކޫޕީ ސައިކަލެއް ހޯދުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ އުރީދޫން މި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ތައާރަފް ކޮށްފައި ވަނީ އިތުބާރު ހިފޭ، ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.

ޕެޓްރޯލް ޕަމްޕްތަކުގައި ބަހައްޓާފައިވާ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން ފަސޭހަކަމާއެކު ފައިސާ ދެއްކާލެވޭނެ އެވެ.

އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެ އެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނާވެފައިވާ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްގެ އިތުރުން ގެސްޓް ހައުސް، ކްލިނިކް އަދި ސްކޫލްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ އޮފާތައް ވެސް ލިބެ އެވެ.

އެމް-ފައިސާ އަށް ރެޖިސްޓްރީ ކުރުމަށް އުރީދޫ ސުޕަ އެޕްއަށް http://ore.do/mf ޒިޔާރާތްކުރައްވާށެވެ.