އަގުހުރި އިނާމުތަކާއި ބޮޑެތި ޑިސްކައުންޓާއެކު އެސްޓީއޯ "ރަމަޟާން ބާޒާރު" މިރޭ ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯއިން ކޮންމެ އަހަރަކު ކުރިޔަށް ގެންދާ "އެސްޓީއޯ ރަމަޟާން ބަޒާރު" ސޭލަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް އެއް ސޭލް އެވެ. އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ރަމަޟާން ބަޒާރުގައި ވެސް ހިތްގައިމު ޑިސްކައުންޓްތަކެއް އެކުލެވިގެންވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެހެން އަހަރުތަކާ ހިލާފަށް، 2023 ވަނަ އަހަރުގެ ރަމަޟާން ބާޒާރުގައި އެސްޓީއޯއިން ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަން އެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު ކުރިޔަށްދާނީ ކިހާ ދުވަހަކަށް، ކޮންތަންތާކު؟

  • އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ރީޖަނަލް ފިހާރަތަކުގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ މިއަދުން ފެށިގެން 29 އެޕްރީލްއަށް
  • އެސްޓީއޯ މަކިޓާ ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށް އަދި ނިޕޯން ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށް

ލަކީ ޑްރޯގައި ބައިވެރިވެވެނީ ކިހިނެތް؟

  • އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް
  • އެސްޓީއޯ މަކިޓާ ޝޯރޫމް އިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް

އޭގެ އިތުރުން ނިޕޯން ޝޯރޫމުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

އިނާމަކީ ކޮބާ؟

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓްތަކުން ނަސީބުވެރި އެއް ފަރާތް ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަސީބުވެރި ފަރާތަށް ލިިބޭ އިނާމަކީ ދެ މީހަކަށް އުމްރާ ދަތުރެކެވެ.