ދިރާގުގެ ސޯޝަލް ޕެކް އެޑް-އޮންއާއެކު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 23 ރުފިޔާއަށް 23ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ މި ޑޭޓާ ބޭނުންކޮށްގެން ވައިބާ، ވަޓްސްއެޕް، ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓާ، ސްނެޕްޗެޓް އަދި ވީޗެޓް ފަދަ ސޯޝަލް މީޑިއާ އެޕްސް ބޭނުންކުރެވޭނެ ކަމަށެވެ.

އެކްޓިވޭޓް ކުރާ ދުވަހު 23:59 އާ ހަމައަށް ވެލިޑިޓީ ލިބޭ މި އެޑް-އޮން ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ނުވަތަ 343 އަށް ކީވޯޑް '2023' ޖަހާފައި އެސްއެމްއެސް ކޮށްލައިގެން ވެސް ނެގޭނެ އެވެ. އަދި މި ސޯޝަލް މީޑިއާ އެޑް-އޮން ދިރާގުގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ނެގޭނެ އެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ވަނީ ފަރުމާކޮށްފަ އެވެ.

  • ދިރާގު ކޮމްބޯ ޕްލޭންސް – މިއީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. (އިތުރު މައުލޫމާތު: https://bit.ly/3x1DUmW
  • ސަޅި ޕްރީޕެއިޑް ޕްލޭންސް – ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ މި ޕްލޭންއާއިއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ. (އިތުރު މައުލޫމާތު: https://bit.ly/3xpM4WP
  • މަމެން – ޒުވާޏުންނަށް ޚާއްސަކޮށްގެ ފަރުމާކޮށްފައިވައި މި ޕްލޭންއަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭންއެކެވެ. މީގެ އިތުރުން މަމެން ކަސްޓަމަރުންނަށް ކްރެޑިޓް އެހެން މަމެން ޔޫޒަރުންނަށް ޓްރާންސްފަރވެސް ކޮށްލެވޭނެއެވެ. (އިތުރު މައުލޫމާތު: https://bit.ly/3x5w7ES

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމަށެވެ.