މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް، ރާއްޖޭގެ ޓޫރިޒަމް 32.5 ޕަސެންޓް ކުރިއަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޖުމްލަ 155،886 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް 117،608 ޓޫރިސްޓުން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރާއި އަޅާކިޔާއިރު 32.5 ޕަސެންޓްގެ އިތުރުވުމެކެވެ.

އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ. މިހާތަނަށް އެގައުމުން 21،497 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. އެގޮތުން މިހާތަނަށް 17،004 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4،800 ޓޫރިސްޓުން އާދެ އެވެ. މިދިޔަ އަހަރުގެ ކޮންމެ މަހަކު ވެސް ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ.