ސްޓެލްކޯއިން އދ. ހަންޏާމީދޫގައި ފެނުގެ ހިދުމަތް ދޭން ފަށައިފި އެވެ.

.ހަންޏާމީދޫގެ ފެނުގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފާއި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމެވެ.

މި ހިދުމަތް އިފްތިތާހު ކުރެވުމާއެކު، ފެނުގެ ހިދުމަތަށް އެދިފައިވާ ހަންޏާމީދުގެ ހުރިހާ ގޭބީސީއަކާއި ވިޔަފާރިއަށް މިހާރު ފެނުގެ ހިދުމަތް ދަނީ ލިބެމުންނެވެ. މިވަގުތު ހަންޏާމީދޫގައި ފެނުގެ ހިދުމަތް ދެމުންގެންދާ ކަނެކްޝަންގެ ޖުމްލަ އަދަދަކީ 170 އެވެ.

ހަންޏާމީދޫގައި ފެނުގެ ހިދުމަތްދޭ ސިސްޓަމް

މީގެ އިތުރުން، މިހާރު ފެނުގެ ހިދުމަތަށް އެދިފައިވާ ފަރާތްތަކާއި، މި މަހުގެ ނިޔަލަށް ފެނުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ވަނީ ނިންމާފައެވެ.