ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ފެކްޓަރީ އެޅުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ.

ކެނދިކޮޅުދޫގައި ގޭދޮށު މަސް ފެކްޓަރީ އެޅުމުގެ މަސައްކަތް 4.4 މިލިޔަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ ހަނދު އިންވެސްޓްމަންޓާ އެވެ. މިމަޝްރޫއު ހަވާލުކޮށްފައި ވަނީ ހަތް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކެނދިކުޅުދޫގައި ގޭދޮށު މަސް ފެކްޓަރީ އެޅުމަށް ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ ފެބްރުއަރީ 2021 ގަ އެވެ.

ގޭދޮށު މަސް ފެކްޓަރީ ހެދުމަކީ މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ވައުދެކެވެ.

އައްޑު އާއި މ. އަތޮޅުގައި ވެސް ގޭދޮށު މަސްފެކްޓްރީ ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވެ އެވެ. އަދި ގދ. ގައްދޫގައި ވެސް ގޭދޮށު މަސްފެކްޓްރީއެއް އެޅުމަށް ލަންކާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.