ޗައިނާ ޓޫރިސްޓުންގެ މެދުގައި ރާއްޖެގެ އިޝްތިހާރުކުރުމަށް ހާއްސަ ކެންޕޭނެއް އެމްއެމްޕީއާރުސީން ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕޭނަކީ ޗައިނާގައި ބޯޑަރު އަލުން ހުޅުވާލުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ކެންޕޭނެއް ކަމަށެވެ. އެގޮތުން ވެއިބޯ އާއި ވީޗެޓް މެދުވެރިކޮށް ރާއްޖޭގެ މައުލޫމާތު ހިމެނޭ ޕޯސްޓަރުތައް ހިއްސާކުރާނެ އެވެ. މި ދެ ޕްލެޓްފޯމްއަކީ ޗައިނާގައި އެންމެ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމްތަކެވެ.

މިކެމްޕޭން ކުރިއަށް ގެންދާނީ މާޗު އިން މޭއި މަހުގެ ނިޔަލަށް ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

މިކެމްޕެއިން ޗައިނާ މާކެޓުގެ 1.4 މިލިއަން މީހުންނާ ހަމައަށް ފޯރާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.

ބޯޑަރުތައް އަލުން ހުޅުވި ރާއްޖެއަށް ޗައިނާ ޓޫރިސްޓުން އަލުން އަންނަން ފެށީ މިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު އެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 33،،601 ޓޫރިސްޓުން އައިސްފައިވެ އެވެ.