އެކެއްގެ ނަން މަތީގައި ގިނަ ވެގެން ނެގޭނީ 10 ސިމް ކާޑު ކަމަށް ކަނޑައަޅައި، ސިމް ކާޑް ލިމިޓްކުރުމާ ބެހޭ ގަވާއިދު ޓެލެކޮމިއުނިކޭޝަން އޮތޯރޮޓީ އޮފް މޯލްޑިވްސް (ކޭމް) އިން އާންމު ކޮށްފި އެވެ.

މީގެ ކުރިން އެ މީހަކު ބޭނުން ވަރަކަށް މުއާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން ސިމް ނެގެ އެވެ. ސިމް ކާޑު ނެގުމުގައި އެއްވެސް ކަހަލަ ލިމިޓެއް ނެތެވެ.

މީހަކަށް ސިމްކާޑު ނެގޭ އަދަދު ލިމިޓްކޮށް ކޭމްއިން ގަވާއިދެއް ހެދީ ސްކޭމް ކުރުން އިތުރުވަމުންދާތީ އެވެ.

މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުން ކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުން ކުރުމާއި ބެހޭ ގަވާއިދު އިއްޔެ އަންމު ކޮށްފައިވާއިރު، އެގަވާއިދުގައި ބުނެފައި ވަނީ ސިމްކާޑު ދޫކުރެވޭނީ، އެ އޮތޯރިޓީން މޯބައިލް ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށާއި، އެ ފަރާތްތަކުގެ އެޖެންޓުންނަށް ކަަމަށެވެ.

ކޭމް އިން އެ ގަވާއިދުގައި މޯބައިލްއަށް ސިމްކާޑު ދޫކުރުމާއި ނަންބަރު ދޫކުރެވޭނެ އަދަދާއި ހިދުމަތަށް އެދޭ މީހާގެ މައުލޫމާތު ނެގުމާއި ނަންބަރު ރަޖިސްޓްރީ ކޮށްފައިވާ މީހާގެ މައުލޫމާތު ރައްކާކުރުމާއި ނަންބަރު ބޭނުން ކުުރުމުގައި ޒިންމާދާރުވުމާއި ހިދުމަތްދޭ ފަރާތާއި ހިދުމަތް ހޯދާ މީހާއާ ދެމެދު ހެދޭ އެއްބަސްވުމާއި އިދާރީ ފިޔަވަޅު އެޅޭނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ.

އެގަވާއިދުގެ ދަށުން ދިވެއްސަކަށް ނަމަ ދޫކުރެވޭނީ 10 ނަމްބަރެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީއެއް ނުވަތަ ޓޫރިސްޓެއް ނަމަ ދޫކުރެވޭނީ ތިން ނަންބަރެވެ.

އެގަވާއިދުގެ ދަށުން ނަމްބަރު ދޫކުރެވޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ.

އެކެއްގެ ނަން މަތީ ސިމް ނެގޭ ލިމިޓެއް ކަނޑައަޅައި، ސިމް ކާޑު ރެގިއުލޭޓު ކުރުމަށް އެކުލަވާލަމުން އަންނަ ގަވާއިދު މަޖިލީހުގެ ތަޅަމުން ފާސްކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ.

ސްކޭމް ކޯލްތައް އިތުރުވާ މައްސަލައާއި، ބޭންކު އެކައުންޓުތަކުން ފައިސާ ވަގަށް ނެގުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އެ ކޮމިޓީން ދިރާސާ ކުރުމުންނެވެ. އެ ރިޕޯޓު ކޮމެޓީން ފާސްކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ.