ލަފާޖް މޯލްޑިވްސްގެ 75 ހިއްސާ ހިއްސާ އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީއަށް ވިއްކާލައިފި ވެ.

އެސްޓީއޯ އިން 1993 ވަނަ އަހަރު އުފެއްދި ސަބްސިޑަރީ، ލަފާގް މޯލްޑިވްސްއަކީ އެސްޓީއޯގެ 25 ޕަސެންޓް ހިއްސާ އާއި ސްވިޓްޒަލެންޑްގެ ސިމެންޓިޔާ ހޯލްޑިން ކުންފުނީގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.

އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީއަށް ވިއްކާލީ ލަފާޖް ކުންފުނީގައި އޮތް ސްވިޓްޒަލެންޑްގެ ސިމެންޓިޔާ ހޯލްޑިން ކުންފުނީގެ 75 ޕަސެންޓް ހިއްސާ އެވެ.

އެސްޓީއޯއިން ބުނީ އެ ބަދަލާއިއެކު ލަފާޖް މޯލްޑިވްސް ސިމެންޓް ކުންފުނީގައިވާ އެސްޓީއޯގެ ހިއްސާއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މިކަން އެސްޓީއޯގެ ހިއްސާދާރުންނަށް އަންގާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީން ލަފާޖްގެ މެޖޯރިޓީ ހިއްސާ ގަނެފައިވާއިރު، އެކުންފުނިން ވަނީ މިހާރު ކުންފުނި ހިންގުމަށް، ރެސޫޓް މޯލްޑިވްސް ސިމެންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ޖޮއިން ވެންޗާ ކުންފުންޏެއް ވެސް ވަނީ އުފައްދައިފަ އެވެ.

ލަފާޖްގެ މެޖޯރިޓީ ހިއްސާ ގަތް ކުންފުނިން ބުނިގޮތުގައި މެޖޯރިޓީ ހިއްސާއާއެކު ލަފާޖްގެ ވިޔަފާރި އިތުރަށް ފުޅާކުރާނެ އެވެ. އެގޮތުން އަހަރަކު 75،00 ޓަނުގެ ސިމެންތި އުފައްދާ ތިލަފުށި ފްލާންޓްގެ ކެޕޭސިޓީ 200،000 ޓަނަށް އިތުރުކުރާނެ ކަމަށް ރޭސޫޓް ސިމެންޓް ކޮމްޕެނީން ބުންޏެވެ. މީގެއިތުރުން ރާއްޖެއަށް ސިމެންތީގެ ޑިމާންޑް އޮތްއިރު، ސިމެންތީގެ އަގު ދަށްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރޭސޫޓް ސިމެންޓް ކޮމްޕެނީން އަންނަނީ އެކުންފުނީގެ ވިޔަފާރި ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިރުމަތީ އެފްރިކާއާއި ޔޫރަޕްގައި އިތުރު ސިމެންތި ޕްލާންޓްތައް ގާއިމްކުރުމަށް އެތައް މިލިއަން ޑޮލަރެއް އެކުންފުނިން އަންނަނީ އިންވެސްޓް ކުރަމުންނެވެ.