ދިރާގާއެކު މިހާރު ކަސްޓަމަރުންނަށް އެފަރާތްތަކުގެ ހުރިހާ އިންޓަނެޓް ބޭނުންތަކަށް އަންލިމިޓަޑް ފައިބާ ހޯމް އިންޓަނެޓް ހަލުވި ސްޕީޑްގައި ތަޖުރިބާކޮށްލެވޭނެއެވެ.

އެގޮތުން ރެސިޑެންޝަލް ކަސްޓަމަރުންނަށް ބްރައުސްކުރުމަށާއި ސްޓްރީމްކުރުމަށާއި ގޭމް ކުޅެ ޑައުންލޯޑް ކުރުމަށްވެސް އަންލިމިޓަޑް ފައިބަރ ބްރޯޑްބޭންޑް ދެ ޕެކޭޖަކުން އިޚްތިޔާރުކުރެވޭނެ އެވެ. އެއީ ފައިބަރ 50އެމް އަންލިމިޓަޑް ޕެކޭޖް 1490 ރުފިޔާއަށް ނުވަތަ ފައިބަރ 100އެމް އަންލިމިޓެޑް އެންމެ 2800 ރުފިޔާއަށެވެ. މި ޕެކޭޖްތަކުގެ އަންލިމިޓަޑް ޑޭޓާ އެލަވަންސާއެކު ކަސްޓަމަރުންނަށް އެންމެ ރަނގަޅު އަގުތަކުގައި ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކްގައި އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކުރެވޭނެ އެވެ.

ކަސްޓަމަރުންނަށް ދިރާގު އެޕް ނުވަތަ ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެއެވެ. ދިރާގަށް އައު ކަސްޓަމަރެއްނަމަ މި ލިންކް މެދުވެރިކޮށް ދިރާގު އިންޓަރނެޓަށް އެޕްލައިކޮށްލެވޭނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވަރކްއެވެ. އެގޮތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.