ދިރާގުން އަލަށް ތައާރަފު ކުރި 5ޖީ ޓާބޯ ވައިފައިއާ އެކު ހަލުވި ސްޕީޑްގައި އިންޓަނެޓް މިހާރު ތަޖުރިބާކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން އަލަށް ތައާރަފްކުރި މި ޕްލަގް-އެންޑް-ޕްލޭ 5ޖީ ޓާބޯ ވައިފައި ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

5ޖީ ޓާބޯ ވައިފައި ޑިވައިސްއާއެކު ކަސްޓަމަރުންނަށް އެފަރާތްތަކުގެ ޑޭޓާ ބޭނުންތައް ފުއްދުމަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތަކުގެ އެކި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކޭޖުތައް ހިޔާރުކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި ޚާއްސަ 5ޖީ ބޫސްޓާތައް ވެސް ކަސްޓަމަރުންނަށް ނެގޭނެ އެވެ. މީގެ އިތުރުން ޓާބޯ ޕޯސްޓްޕެއިޑް ޕެކޭޖްތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާއާއެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.