އަލަށް ތައާރަފުކުރި އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް ޕްރީއޯޑާ ކޮށްފައިވާ ދިރާގު އަދި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަން ފަށައިފި އެވެ.

މި އެންމެ ފަހުގެ އައިފޯން 15 ޕްރޯ އަދި ޕްރޯ މެކްސް ޕްރީއޯޑާ ކުރުމަށް ދިރާގުން މިދަޔަ ހުކުރު ދުވަހު (22 ސެޕްޓެންބަރު) ގައި ހުޅުވާލުމާ އެކު ކުޑަ ހިނދުކޮޅެއްގައި ތެރޭގައި ސްޓޮކް ވަނީ ހުސްވެފަ އެވެ. ކަސްޓަމަރުންގެ މި ހޫނު ތަރުހީބާ އެކު އާ ސްޓޮކް ލިބުމުން މި ފަހުގެ އައިފޯން ދިރާގުން ގަތުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.

ޒަމާނީ އާ ފީޗާސްތަކަކާ އެކު ނެރެފައިވާ މި އައިފޯން މޮޑެލްތައް ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާ އެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުން ވެސް ގަނެވޭނެ އެވެ. އަދި މި އާ އައިފޯނު ދިރާގު މެދުވެރިކޮށް ގަންނަ ކަސްޓަމަރުންނަށް ހަމަސް ދުވަހަށް، މަހަކު 10ޖީބީގެ ހިލޭ ބޯނަސް ޑޭޓާވެސް ލިބޭނެ އެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުންނެވެ.

ދިރާގުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ވެސް އައިފޯނު 15 ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ޕްރީއޯޑާ ކުރި ކަސްޓަމަރުންގެ ތެރެއިން ފޯނާއި ހަވާލުވުމަށް ވަޑައިނުގަނެވުނު ކަސްޓަމަރުންނަށް މޫލީ އިން މިހާރު ވަނީ ފޯނުތައް ރާއްޖޭގެ އެކި ހިސާބުތަކަށް ޑެލިވާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މޫލީ މެދުވެރިކޮށް އައިފޯން ޕްރީއޯޑަ ކުރި ކަސްޓަމަރުންނަށް ހާއްސަ އޮފައެއްގެ ގޮތުން، އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ އެވެ. ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑަ ކުރެއްވި ފަރާތްތަކުން “Bonus100GB” ކީވޯޑާ ޖައްސަވައިފަ 5555 އަށް އެސްއެމްއެސް ކޮށްލައްވާށެވެ.

އުރީދޫ ކަސްޓަމަރަކަށް އައިފޯނު 15 ހަވާލުކޮށްދެއްވަނީ

އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައި ވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާ 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭހެނެވެ. އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފާވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާ އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިންގ ޕޯޓް ހިމެނެ އެވެ.