އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން (އައިސީއެފް) އާއި ގުޅިގެން ވޯލްޑް އޮފް ޓޫމޯރޯ އިން ވިލާ ނޯޓިކާގައި ބޭއްވާ ފުރަތަމަ އިވެންޓް ސީރީޒްގެ އިފްތިތާހީ އިވެންޓް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ތަފާތު ފަންތީގެ ޕްރޮފެޝަނަލުންނަށް ފަރުމާކޮށްފައިވާ މި އިވެންޓަކީ ދުނިޔޭގައި ކޯޗިން ތަރައްގީވަމުން އަންނަ ގޮތްތަކަށް ހާއްސަކޮށްގެން ބާއްވާފައިވާ އިވެންޓެކެވެ. ޖުމްލަ 212 މީހުން ބައިވެރިވި މި އިވެންޓުގައި ކޯޗިން އާއި ގުޅޭ ތަފާތު އެކި މައުލޫމާތު ބައިވެރިންނަށް ލިބިގެންދިޔަ އެވެ.

މި އިވެންޓާއި މެދު ބައިވެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

"ރޮބަޓް ގާސިއާގެ މާސްޓަކްލާސް އެއްގައި ބައިވެރިވުމަކީ ކޯޗިން އަށް ލޯ ހުޅުވާލި ކަމެއް. އަދި އިންޓަރެކްޓިވް ގޮތަކަށް މާސްޓަކްލާސްއެށް ކުރިއަށް ގެންދިއުމުން ކޮންސެޕްޓްތަކަށް ނަގައިގަންނަން ވަރަށް ފަސޭހަ. މީގެ އިތުރުން ވޯލްޑް އޮފް ޓުމޯރޯގެ ނެޓްވޯކިން ސެޝަންގެ ސަބަބުން އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުންނާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނު. މި އިވެންޓު ނިމިގެން ދިޔަ އިރު ޕްރޮފެޝަނަލް ނެޓްވޯކް ފުޅާވެ، ކޯޗިންއާއި ބެހޭ އެތަކެއް މައުލޫމާތު ވަނީ ދަސްވެފައި،" އިވެންޓުގެ ބައިވެރިއެއް ވަނީ ފާހަގަ ކޮށްފަ އެވެ.

ބައިވެރިންގެ ފަރާތުން ވެސް ހާމަވިގޮތުގައި އައިސީއެފްގެ ނައިބު ރައީސް ރޮބަޓް ގާސިއާ "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޮގަނައިޒޭޝަންސް" ގެ ނަމުގައި ލީޑް ކުރެއްވި މާސްޓަކްލާސް ހިންގާފައިވަނީ އިންޓަރަކްޓިވް ގޮތަކަށެވެ. މި މާސްޓަކްލާސްގައި ލެކްޗާ ސްޓައިލް ފޯމެޓްގެ ބަދަލުގައި ބައިވެރިންނާއެކު މަޝްވަރާކޮށް މައުލޫއަށް ވާހަކަ ދެއްކުމުގެ ފުރުސަތުތައް ލިބުނެވެ.

ބައިވެރި އެންމެހާ ބޭފުޅުންނަށް މި ތަޖުރިބާ ސިފަވެގެން ދިޔައީ ހަމައެކަނި މައުލޫމާތު އުނގެނުމުގެ ފުރެސަތެއް ގޮތުގައެއް ނޫނެވެ. މި މާސްޓަ ކްލާސްއިން ލިބުނު ތަޖުރިބާގެ އަލީގައި ގިނަ ބައިވެރިންނަށް ކުންފުނީގެ މާހައުލުގައި ކޯޗިން ތައާރަފް ކުރެވޭނެ ކަމުގެ ޔަގީންކަން ލިބުނެވެ.

މި އިވެންޓުގައި ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ނެޓްވޯކިން ސެޝަންގައި ބައިވެރިންނަށް ފުޅާ ދާއިރާއެއްގައި އެކި ސިނާއަތްތައް ތަމްސީލުކުރާ ޕްރޮފެޝަނަލުންނާ ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބުނެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ އިވެންޓުތަކަށް އޮތް އެއްބާރުލުން އިތުރުވެ ޕްރޮފެޝަނަލް ނެޓްވޯކިން ފުރުސަތުތައް ފަހިވާނެ ކަމުގެ ޔަގީންކަން ލިބިގެންދިޔަ އެވެ.

މި އިފްތިތާހީ އިވެންޓަށް ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބުން މި އިވެންޓް ސީރީޒްގެ ކާމިޔާބީ ފާހަގަކޮށް، މާދަމާގެ ލީޑަރުން ބައްޓަން ކުރުމަށް އެންމެ ޒަމާނީ ޢިލްމާއި އިނޮވޭޝަން ފޯރުކޮށްދިނުމަށް ވޯލްޑް އޮފް ޓޫމޯރޯގެ އަޒުމް ވަނީ އިތުރަށް ވަރުގަދަވެފަ އެވެ.