ބާޒާރުގައި ފިޔާގެ އަގު އަނެއްކާވެސް އުފުލިއްޖެ އެވެ.

މީގެކުރިން ބާޒާރުގައި ފިޔާ ކިލޯއެއް 12 ރުފިޔާ އަށް ހުރިއިރު މިހާރު ފިޔާ ކިލޯއެއް ހުރީ 20 ރުފިޔާ އާއި 25 ރުފިޔާ ދެމެދު އެވެ. އަދި ފިޔާ ބަސްތާއެއް ހުރީ 350 އާއި 400 ރުފިޔާ ދެމެދު އެވެ. ކުރިން ފިޔާ ބަސްތާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 200 ރުފިޔާއަށެވެ.

ރާއްޖެ އަށް އެންމެ ގިނައިން ފިޔާ އިންޕޯޓުކުރާ އިންޑިއާ ބާޒާރުގައި ވެސް ވަނީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ފިޔަލުގެ އަގު ވަރަށް ބޮޑަށް އުފުލިފަ އެވެ. އިންޑިއާ އިން ފިޔާގެ އެކްސްޕޯޓުގެ އަގު ބޮޑުކުރީ އެ ގައުމަށް ބޭނުންވާ ވަރަށް މި ދުވަސްވަރު ފިޔާ ލިބެން ނެތިގެންނެވެ.