މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފި އެވެ.

އެމްއޭސީއެލްއިން ވަނީ އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށްޓަކައި މިދޔަ ހުކުރު ދުވަހު ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. މިހަފްލާގައި އެކުންފުންޏަށް 20 އަހަރާއި 40 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތްކުރަމުން އަންނަ މުވައްޒަފުންގެ އަގު ވަޒަންކޮށް ވަނީ އެވޯޑު ދީފަ އެވެ. އެގޮތުން މިއެވޯޑު ވަނީ 139 މުވައްޒަފަކަށް ދީފަ އެވެ.

އޭގެ ތެރޭ ހިމެނެނީ:

  • 20 އަހަރު ހިދުމަތް ކޮށްދީފައިވާ 24 މުވައްޒަފުން
  • 25 އަހަރު ހިދުމަތް ކޮށްދީފައިވާ 69 މުވައްޒަފުން
  • 30 އަހަރު ހިދުމަތް ކޮށްދީފައިވާ 35 މުވައްޒަފުން
  • 35 އަހަރު ހިދުމަތް ކޮށްދީފައިވާ 6 މުވައްޒަފުން
  • 40 އަހަރު ހިދުމަތް ކޮށްދީފައިވާ 5 މުވައްޒަފުން
އެމްއޭސީއެލް އަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި ހަފުލާގައި އިސް މުވައްޒަފުންތަކެއް ބައިވެރިވަނީ. ފޮޓޯ: އެމްއޭސީއެލް

ކުންފުނީގެ މަސައްކަތުން ރިޓަޔާކޮށްފައިވާ 11 މުވައްޒަފެއްގެ ހިދުމަތުގެ އަގު ވަޒަންކޮށް ވެސް އެ ރަސްމިއްޔާތުގައި ވަނީ ހަނދާނީ ފިލާ ދީފަ އެވެ.

އެމްއޭސީއެލްގައި 4،000އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރެ އެވެ.