ކޮވިޑަށްފަހު ހޮންކޮން އެއާލައިންސް އިން ހޮންކޮން އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފި އެވެ.

މިރޭ ފެށި ދަތުރުތަކާއެކު ކުރިއަށް އޮތްތަނުގައި ހަފުތާއެއްގެ ތެރޭގައި ރާއްޖެއާއި ހޮންކޮން އާ ދެމެދު ތިން ފުލައިޓު އަޅާނެ އެވެ. އެ ދަތުރުތައް ކުރާނީ ހުކުރު، އާދިއްތަ އަދި ބުދަ ދުވަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ބައިނަލްއަގުވާމީ 39 އެއާލައިނަކުން ރާއްޖެއަށް މިހާރު ދަތުރުތައް ކުރެ އެވެ. ގައުމީ އެއާލައިން މޯލްޑިވިއަން އިން ވެސް ބައިނަލްއަގުވާމީ ދަތުރުތައް ކުރެ އެވެ.

މިދިޔަ އަހަރު ޗައިނާ އިން 187,118 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، އެ ގައުމު ހިމެނިފައި ވަނީ ތިން ވަނައަށް ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގަ އެވެ.

ރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ހެދުމަށް އެމްއެމްޕީއާރްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި މަހުގެ 16 އާ ހަމައަށް ރާއްޖެ އައި ޗައިނާގެ ފަތުރުވެރިންގެ އަދަދަކީ 5,821 އެވެ.