ދިރާގުން ކުރިއަށްގެންދާ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ޓެސްލާ ކާރު ދައްކާލައިފި އެވެ.

މި ޕްރޮމޯޝަންގެ މި އަގުހުރި އިނާމު ދައްކާލާފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ އިވެންޓެއްގަ އެވެ.

މި "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި އިވެންޓްގައި ވާހަކަދައްކަވަމުން ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމް ވިދާޅުވީ ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު އައު ތަޖުރިބާއެއް ހޯދުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

މި މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް އެފަރާތްތަކުގެ ޝަރުތު ފުރިހަމަވާ ހުރިހާ މޮބައިލް ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ނަންބަރުތައް އެންރޯލްކޮށް، ޓެސްލާ ކާރެއް ކާމިޔާބު ކުރުމުގެ ފުރުސަތު އިތުރުކޮށްލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.