ދިވެހި ވިޔަފާރި ކުންފުނި ބެސްޓެވެނާގެ ފަރާތުން ،ދިވެހި އަމިއްލަ އުފެއްދުމެއް ކަމުގައިވާ، އެޕްލިކޭޝަން ކަނެކްޓިން ސޮޕްޓްވެއާ "ކަނެކްޓް އެކްސް" ލޯންޗް ކޮށްފި އެވެ.

މި ހަފްލާގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ކުންފުނީގެ ސީއީއޯ ޑރ. ރޮޝާން ވިދާޅުވީ، މި ސޮފްޓްވެއާ އަކީ ވިޔަފާރި އާއި އެހެން ހިދުމަތް ދިނުމުގައި ބޭނުންކުރާ އެޕްލިކޭޝަން ސޮފްޓްވެއާތައް، ގުޅުވާލަދީ އެ ސިސްޓަމުތަކުގައި ހުރި ހާއްސަ ޑޭޓާ އަދި ސިފަތައް ދެނެގަނެ، މި ޕްރޮޑަކްޓް ބޭނުންކުރާ ފަރާތްތަކުން ބޭނުންވެ ލައްވާ ގޮތަށް، އެއް އިންޓަފޭސް ވިންޑޯއަކަށް އެކަންކަން ގެނެސްދީ، އެ ހުރިހާ އެޕްލިކޭޝަންތަކުގެ ފަހިކަން، އެއް ޕުލެޓްފޯމްއަކުން ލިއްބުވައި ދޭނެ ޕްރޮޑަކްޓްއެއް ކަމަށެވެ.

އަދި މި އެ ޕްލިކޭޝަންއަކީ ގިނަބަޔަކަށް ނުވަތަ އާއްމު ހިދުމަތްތަށްދޭ ބޮޑެތި ކުންފުނިތަކުގެ މެދުގައި ބޭނުން ކުރެވޭނެ އެޕްލިކޭޝަންއަކަށް ވީހިނދު، މި އެޕްލިކޭޝަން މެދުވެރިކޮށް އެފަދަ ބޮޑެތި ކުންފުނިތަކުން އާއްމު ހިދުމަތްތައް ދިނުމުގައި ބޭނުންކުރާ ސޮފްޓްވެއާތަކާއި އެޕްލިކޭޝަންތައް ގުޅުވާލެވުމުން، އެ ހުރިހާ ކުންފުނިތަކުން ހިދުމަތް ދިނުމުގައި އާއި ވަކިން ހާއްސަކޮށް ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެއް ޕްލެޓްފޯމްއަކުން ފަސޭހަ އަދި އަވަސް ހިދުމަތް ލިބިގެންދާނެ އެވެ.

އަނެކްޓް އެކްސް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން..

ކަނެކްޓް އެކްސްގައި ބޭނުން ކޮށްފައިވާ މައިގަނޑު ޓެކްނޮލޮޖީއަކީ ޑޭޓާ ޕައިޕިން އޭއައި ޓެކްނޮލޮޖީ އެވެ. އަދި ކަނެކްޓް އެކްސްގެ އެންމެ ޚާއްސަ އެއް ފީޗާ އަކީ، މީގެ ކުރިން ކުންފުނިތަކުން ބޭނުން ކުރަމުން އަންނަ އެކި އީއާރްޕީ ސޮފްޓްވެއާ ސިސްޓަމްތަކަށް އެއްވެސް އުނި އިތުރުކަމެއް ނުގެނެސް، ކަނެކްޓް އެކްސް މެދުވެރިކޮށް އާ އަޕްގްރޭޑްތަކާ އަދި ފީޗާސް ހިމަނައިގެން ހިދުމަތްތަށް އިތުރަށް ފުރިހަމަ ކޮށްދިނުމެވެ.