ބީއެމްއެލްގެ "ސްކޭން ޓު ޕޭ" ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލްއިން ބުނީ މޯބައިލް އެޕްގައި ހިމެނޭ ސްކޭން ޓު ޕޭ ފަންކްޝަން ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އެ ބޭންކުގެ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ. ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރާއިރު ޑައިނެމިކް އަދި ސްޓެޓިކް ކިއުރާރް ކޯޑު ބޭނުންކުރެވޭނެ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި އަށް ހަފްތާއަށް ބަހާލައިގެން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

މި އިނާމުތަކުގެ ތެރޭގައި:

  • ފިލިޕްސް އެލްއީޑީ 75 އިންޗީގެ ޓީވީ
  • ހިޓާޗީ އައިސްއަލަމާރި
  • ޕްލޭސްޓޭޝަން 5
  • މައިކްރޯވޭވް އަވަން އަދި އެއަ ފްރައިއާ

މި ޕްރޮމޯޝަން ކުރިޔަށްދާނީ 20 އެޕްރީލް 2024 ގެ ނިޔަލަށެވެ.