ދިރާގުން މަމެން ޑޭޓާ އެޑް-އޮން ތަކުން އަނެއްކާވެސް ވަރަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޕްރޮމޯޝަންގެ ދަށުން 50 ޑިސްކައުންޓް މަމެން ޑޭޓާ އެޑް އޮން ތަކުން އަންނަ މަހުގެ ތިނެއްގެ ނިޔަލަށް ލިބޭނެ ކަމަށެވެ. އަދި އެ ޚާއްސަ ޕްރޮމޯޝަން ނިމުމާއެކު ކުރީގެ ޕްރޮމޯޝަނުގައިވާ ގޮތަށް ކަސްޓަމަރުންނަށް 15 ޕަސެންޓް ޑިސްކައުންޓް މަމެން ޑޭޓާ އެޑް-އޮންތަކުން ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ޑޭޓާ އެޑް-އޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޮންތައް ބަލާލެވޭނެ. ޕެކޭޖްތަކުގެ އަދަދު ދައްކާފައި ހުންނާނީ "އާރުބީ" އިން. އަދި ޕެކޭޖް ގަތުމާއެކު "އާރބީ"ގެ ބެލެންސުން ކެނޑިގެން ދާނެ،" ދިރާގުން ބުންޏެވެ.

އެ ކުންފުނިން ވަނީ ހުރިހާ ކަސްޓަމަރުން ވެސް އެޑްއޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސް.އެމް.އެސް ކޮށްގެން ނުވަރަ *142# އަށް ގުޅައިގެން ބަލާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ ހާއްސަ ޑޭޓާ އެޑްއޮން ޕެކޭޖްތައްކެއް ވެސް ތައާރަފްކޮށްފަ އެވެ. އެ އެޑް އޮންތަކަކީ ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގެ ބޭނުންތަކަށް ހާއްސަ ކޮށްގެން ޑިޒައިން ކޮށްފައިވާ އެޑްއޮންތަކެކެވެ. ކަސްޓަމަރުންނަށް ހަތް ދުވަހާއި 15 ދުވަހާއި 30 ދުވަހުގެ މުއްދަތު ހިމެނޭ އެޑް-އޮން ނެގޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.