އަހަރުގެ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 150 ރިސޯޓެއް އޮޕަރޭޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ ކުއާޓަލީ އިކޮނޮމިކް ބްލެޓިންގައި ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓާ ނިންމާލިއިރު 150 ރިސޯޓް އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިންމާލިއިރު ހިންގީ 155 ރިސޯޓެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުވެރިންނަށް ހިދުމަތް ދިން އެނދުގެ އަދަދު ނުވަތަ ބެޑް ކެޕޭސިޓީ ވަނީ 11 ޕަސަންޓަށް ވަނީ ދަށްވެފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ފަހު ކްއާޓަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ބެޑް ކެޕޭސިޓީ 21 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އެއީ 7،765 އެނދުގެ އިތުރުވުމެކެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިސޯޓުތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ 67 ޕަސެންޓްގަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ހުރީ 68 ޕަސަންޓްގަ އެވެ.

މިއަހަރުގެ މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިންމާލިއިރު ރާއްޖެއަށް 298،570 ފަތުރުވެރިން އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެ އައި ފަތުރުވެރިންނާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެ އައިސްފައި ވަނީ 153،684 ފަތުރުވެރިންނެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 298،570 ފަތުރުވެރިން ރާއްޖެ އައި ނަމަވެސް މިއީ 2019 އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ އައި ފަތުރުވެރިންނާ އަޅާބަލާއިރު 38 ޕަސަންޓްގެ ދަށްވުމެކެވެ. މި އަހަރުގެ ފުރަތަމަ ކްއާޓަރު ނިންމާލިއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިންޑިއާގެ އިތުރުން ރަޝިޔާ އިންނެވެ.