ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ ހިޔާ ފުލެޓްތަކަށް ކައްކާ ގޭސް ހޮޅި އެޅުމުގެ މަސައްކަތް ފަރުމާކޮށް އަދި ކޮންސަލްޓަންސީއަށް ބީލަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފި އެވެ.

މޯލްޑިވްސް ގޭސް ކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގައި ތަރައްގީ ކޮށްފައިވާ 25 ބުރީގެ ހިޔާ ފްލެޓްތަކަށް ކައްކާ ގޭސް ހޮޅި އެޅުމުގެ މަސައްކަތް ފަރުމާކޮށް ކޮންސަލްޓެންސީ ދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ބޭރުގެ ފަރާތްތަކަށެވެ. އަދި އިންޓަނޭޝަނަލް ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިޔާ ފުލެޓްތަކަށް އެލްޕީޖީ ގޭސް ޕައިޕް ނެޓުވޯކް އެޅުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތުގެ ފަރުމާކުރުމާއި ކޮންސަލްޓަންސީ ދޭނެ ބޭރުގެ ފާމްތަކަށް އެކަމަށް ބީލަން ހުށަހަޅަން މިހާރުވަނީ ހުޅުވައިލާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވްސް ގޭސް އިން އިތުރަށް ބުނީ ހިޔާ ފްލެޓުތަކުގެ ޓައިޕް އޭ އަދި ޓައިޕް ބީ ޓަވަރުތަކަށް ގޭސް ހޮޅި އެޅުމަށް ކޮންމެ ޓައިޕަކަށް ވަކިވަކިން ޓީޓެއިލްޑް ސްޕެސިފިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޓައިޕް އޭގެ 10 ޓަވަރުގައި 3،840 އެޕާޓްމަންޓް އަދި ޓައިބް ބީގެ ހަ ޓަވަރުގައި 2،880 އެޕާޓްމެންޓު ހުންނާނެ އެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ބޭރުގެ ކުންފުނިތަކުން މި މަހުގެ 19ގެ ކުރިން ބިޑް ޑޮކިޔުމެންޓު ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.

އުސްކޮށް އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ލިފްޓުން ގޭސް ފުޅި އެރުވުމުގައި ދަތިވާނެތީ މޯލްޑިވް ގޭހާ ވާހަކަ ދައްކައިގެން ގޭސް ހޮޅި އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފަ އެވެ.