2022 ވަނަ އަހަރު ބަޖެޓަށް ފައިސާ ހޯދުމަށް ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާ ނަގަން ބަޖެޓުގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި 36.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި، އާމްދަނީ ހޯދަން އަލަށް ނަގާ ޓެކްސްއެއްގެ ގޮތުގައި ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ވަނީ ހިމަނާފަ އެވެ. ޖޫން 2022 އިން ފެށިގެން މި ޓެކްސް ނަގަން ހުށަހަޅާފައި ވާއިރު، މިއީ: ކަސްޓަމަރުންގެ އަަތުން ނަގާ ޓެކްސްއެއް ކޮންމެ ސައިޒެއްގެ ކޮތަޅަކަށް ވިޔަސް 2 ރުފިޔާ ނަގާނެ ކަމަށް ބުނެފައިވެ އެވެ.

މި ސިޔާސަތު ތަންފީޒުކުރުން ލަސްވާ ނަމަ އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އާމްދަނީއަށް އޭގެ އަސަރު ކުރާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

އެގޮތުން، މި ޓެކްސް އިން އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރަނީ:

  • އަހަރު ފެށޭއިރު ނަގަން ފަށާ ނަަމަ: 47.7 މިލިއަން ރުފިޔާ ކުއާޓަރެއް ލަސްވެއްޖެ ނަމަ: 35.3 މިލިއަން ރުފިޔާ
  • ދެ ކުއާޓަރު ލަސްވެއްޖެ ނަމަ: 23.5 މިލިއަން ރުފިޔާ
  • ތިން ކުއާޓަރު ލަސްވެއްޖެ ނަމަ: 10 މިލިއަން ރުފިޔާ

ޕްލާސްޓިކް މަދުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން 30 ސެންޓިމީޓަރަށް ވުރެ ކުދި ކޮތަޅު ރާއްޖެ އެތެރެކުރުން މިިދިޔަ ޖޫން މަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.