ދިރާގުން "އިޔާ އެންޑް ބޯނަސް" ޕްރޮމޯޝަންގެ ނަމުގައި ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް، ދިރާގު ޓީވީ އަދި މޮބައިލް އޮފާތަކެއް މިއަދު ލޯންޗުކޮށްފި އެވެ.

ދިރާގު މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެމެއްގައި ލޯންޗްކުރި މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބާ ކޭބަލެއް އަޅާފައިވާ ބިލްޑިންތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓާއިން 50 ޕަސެންޓް ޑިސްކައުންޓް ވެސް ލިބެ އެވެ. މީގެ އިތުރުން، ދިރާގު ފައިބާ ކޭބަލެއް ނެތް ބިލްޑިންތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓް ކަނެކްޝަން ފީން ލިބެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ އެ ޕްރޮމޯޝަންގައި، ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް މިމަހުގެ 31ގެ ކުރިން ދިރާގު ޓީވީގެ ޚިދުމަތައް އެދުމުން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް ތިނެއް ވެސް ދޭން ނިންމާފައިވެ އެވެ. އަދި ސްޓާޓާ ޕެކޭޖުން މަތި ކޮންމެ ޕެކޭޖެއް ނަގާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި 10 ފަރާތަކަށްއެ ކަސްޓަމަރުގެ ޕެކޭޖުގެ ހަ މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ހަމަޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގު މޮބައިލް ކަސްޓަމަރުންނަން ލޯންޗުކުރި ޕޮރޮމޯޝަންގެ ތެރޭގައި 500ރ. އަށް ވުރެ މަތީގެ ދިރާގު ޕޯސްޓްޕެއިޑެއް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭން އަކަށް އެޕްލައިކޮށްލައިގެން ތިން މަސްދުވަހަށް ކޮންމެ މަހަކު 3 ޖީބީ ޑޭޓާ ލިބެ އެވެ. އަދި، 500ރ. ދަށުގެ ޕްލޭންނެއް އެކްޓިވޭޓްކުރުމުން ތިން މަސްދުވަހަށް ކޮންމެ މަހަކު އެއްޖީބީ ލިބެ އެވެ.

"މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ނެޓްވާރކްއާއި ގުޅާލުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް. ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް،" ދިރާގުން ބުންޏެވެ.