ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށްޓަކައި ރާއްޖޭގެ ތާރީހީ އަދި ފުލޯކް ވާހަކަތަކުން ގެނެސްދޭ ފަށައިފި އެވެ.

އެގޮތުން ވިޒްޓް މޯލްޑިވްސް އިން ވަނީ "ޓޭލްސް އޮފް ދި މޯލްޑިވްސް" ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނުގައި ރާއްޖޭގެ ތާރީހީ އަދި ފުލޯކް ވާހަކަތައް ގެނެސްދިނުމަށް ވަނީ ނިންމާފަ އެވެ.

ސީރީޒްގައި މި ފަހަރު ގެނެސްދިނީ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ދޮން ހިޔަލައާއި އަލިފުޅުގެ ވާހަކަ އެވެ.

ލޯބީގެ އަސަރު ގަދަ މި ހަގީގީ ހާދިސާ ގެނެސްދީފައިވަނީ ވަރަށް ފުރިހަމަ ގޮތަކަށެވެ. ދޮން ހިޔަލައާއި އަލިފުޅުގެ ވާހަކައިގެ ހުލާސާގެ މައްޗަށް ބިނާކޮށް ކުޅެފައިވާ މި ކުރު ރޯލް ޕްލޭގައި ފެނިގެންދަނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާ މަރިޔަމް ޝިފާ އާއި މަގުބޫލު އެކްޓަރު އަލީ އާޒިމް (ދޮން އައްޔަ) އެވެ.

ރާއްޖޭގެ އުންމީދީ ޑައިރެކްޓަރު އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ "ދޮންހިޔަލަ އާއި އަލިފުޅު" ދިވެހިންގެ ދިރިއިޅުން ވަރަށް ފުރިހަމައަށް ވަނީ ގެނެސްދީފަ އެވެ. އަދި އެ ވާހަކަ ވަރަށް ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދީފަ އެވެ.

"ދޮންހިޔަލަ އާއި އަލިފުޅު" އަކީ އަސަރުގަދަ ލޯބީގެ ވާހަކައަކަށްވާއިރު މިކުރު ފިލްމ ޔޫޓިއުބަށް މި ވީޑިއޯ ދޫކޮށްލިތާ އެއް ދުވަސް ތެރޭ 14 ހާހަށްވުރެ ގިނަ މީހުން ވަނީ ހަމައެކަނި ޔޫޓިއުބުން މި ވީޑިއޯ ބަލާފަ އެވެ. ޔޫޓިއުބްގެ އިތުރުން ވިޒިޓް މޯލްޑިވްސްގެ ފޭސްބުކް ޕޭޖާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ވީޑިއޯތައް އަންނަނީ ގެނެސްދެމުންނެވެ.

https://www.youtube.com/watch?v=o8Q68QpsCMQ

އީމާން ތައުފީގު އިނގިރޭސި ބަހުން ނެރޭޓްކޮށް ދީފައިވާ "ދޮންހިޔަލަ އާއި އަލިފުޅު" ގެ ވީއެފްއެކްސް މަސައްކަތްކުރީ ވެސް ސިނާނެވެ. މުޅި އުފެއްދުމަށް ބަލާ ނަމަ ހުރިހާ ޑިޕާޓްމަންޓަކުން ވެސް ކޮށްފައި ހުރީ ސާބަސްދޭ ވަރުގެ މަސައްކަތެކެވެ.