އުރީދޫ އާއި ޕްރޯލެޕް ޕާޓްނާޝިޕެއް ހަދައި، ސްކޫލް ކުދިންނަށް ހާއްސަ "ބެކް ޓު ސްކޫލް" އޮފާއެއް މިއަދު އިއުލާން ކޮށްފި އެވެ.

"ކިޔެވުމާއި ކިޔަވާދިނުން އަދި މިނޫންވެސް އެހެނިހެން ހިދުމަތް ފޯރުކޮށްދިނުމުގައާއި ލިބިގަތުމުގައި ޑިޖިޓަލް ޑިވައިސްތަކުގެ މުހިންމުކަން މިވަނީ އިތުރުވެފަ އެވެ. އެހެންކަމުން މި އޮފާގެ މަގްސަދަކީ ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު، ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލުމެވެ." އުރީދޫން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މިއަދު މި ލޯންޗްކުރި "ބެކް ޓު ސްކޫލް" އޮފާގެ ދަށުން ޕްރޯލެޕްއިން ގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ ފަސޭހަ މިނީ ޑިވައިސްއަކާއި 240 ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ހިމެނޭ ގޮތަށް ލިބޭނެ ކަމަށެވެ.

އުރީދޫން ބުނީ ލެޕްޓޮޕާއެކު ހިލޭ ލިބޭ ފަސޭހަ މިނީ ޑިވައިސް މެދުވެރިކޮށް ރީޗާޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރާ ކޮންމެ ރީޗާޖަކަށް 20 ޖީބީ ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ. އަދި ޕްރޯލެޕް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއްވެސް މި އޮފާގައި ހިމެނޭއިރު އެޗްޕީ އަދި އޭސަސްގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭ ގޮތަށް ބަންޑްލްކޮށްފައިވާ މި އޮފާ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ އަޅުގަނޑުމެން އާއްމުކޮށް ކަންކުރާ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގައި ވެސް، ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައި ވެސް އިންޓަނެޓްގެ ޚިދުމަތް މިވަނީ މުހިންމުވެފައި. އަދުގެ ދުނިޔޭގައި، ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އިންޓަނެޓް މެދުވެރިކޮށް އެތަކެއް ތައުލީމީ ފުރުސަތުތަކެއް ފަހިވެގެންދޭ. ވުމާއިއެކު، ޕްރޯލެޕް އާއެކު މި ލޯންޗް ކުރި އޮފާ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ. ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް އަދި ބާއްޖަވެރި ތަޢުލީމީ އަހަރަކަށް އެދެން،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްއިން އަދި ޕްރޯލެޕް ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް، އަދި ތަޢުލީމީ އައު އަހަރަކަށް އެދެމެވެ.