ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް 50 އަހަރު ފުރޭ މުނާސަބާތާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއެވޯޑް 25 ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއެވޯޑަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި ތަންތަނަށް ވެސް ކުރިމަތިލެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" ދިނުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭއިރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެކި ސިނާއަތްތަކަށް މަސައްކަތްކޮށްދީފައިވާ ފަރާތްތަކާއި ތަންތަނުގެ ޚިދުމަތްތައް ފާހަގަކުރުން ކަމަށެވެ.

"ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

  1. މޮސްޓް އިނޮވޭޓިވް ރިސޯޓް
  2. މޮސްޓް އިނޮވޭޓިވް ހޮޓެލް
  3. މޮސްޓް އިނޮވޭޓިވް ސަފާރީ
  4. މޮސްޓް އިނޮވޭޓިވް ގެސްޓްހައުސް
  5. ޓޫރިޒަމް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް
  6. ބެސްޓް ޓްރެވެލް އެޖެންސީ
  7. އެކްސެލެންސް އިން ސީއެސްއާރު ރިސޯޓް
  8. އެކްސެލެންސް އިން ސީއެސްއާރު ހޮޓެލް
  9. އެކްސެލެންސް އިން ސީއެސްއާރު ސަފާރީ
  10. އެކްސެލެންސް އިން ސީއެސްއާރު ގެސްޓްހައުސް
  11. އެންވަޔަރަމަންޓަލް ސަސްޓެއިނަބިލިޓީ ރިސޯޓް
  12. އެންވަޔަރަމަންޓަލް ސަސްޓެއިނަބިލިޓީ ހޮޓެލް
  13. އެންވަޔަރަމަންޓަލް ސަސްޓެއިނަބިލިޓީ ސަފާރީ
  14. އެންވަޔަރަމަންޓަލް ސަސްޓެއިނަބިލިޓީ ގެސްޓްހައުސް
  15. ބެސްޓް ޓޫރިޒަމް ޓްރާންސްޕޯޓް ސަރވިސް (މޫދު)
  16. ބެސްޓް ޑައިވް ސެންޓަރު – ރިސޯޓް
  17. ބެސްޓް ޑައިވް ސެންޓަރު – ލޯކަލް އައިލެންޑް
  18. ވޯޓަރ ސްޕޯޓްސް ސެންޓަރު – ރިސޯޓް
  19. ވޯޓަރ ސްޕޯޓްސް ސެންޓަރު – ލޯކަލް އައިލެންޑް
  20. ބެސްޓް ލޯކަލް ޓޫރިޒަމް އައިލެންޑް
  21. އެންމެ މޮޅު ލޯކަލް އާޓިސްޓް – ޑީޖޭ
  22. އެންމެ މޮޅު ލޯކަލް އާޓިސްޓް – މިއުޒިކް
  23. އެންމެ މޮޅު ލޯކަލް އާޓިސްޓް – މިއުޒިކް ބޭންޑް
  24. އެންމެ މޮޅު ލޯކަލް އާޓިސްޓް – ގްރޫޕް / ބޭންޑް
  25. 45 އަހަރު ޙިދުމަތް ކޮށްފައިވާ ފަރާތްތައް

މިއެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ އެގާރަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ އަހަރާ ގުޅުވައިގެން މިއަހަރު ޓޫރިޒަމް މިނިސްޓްރީން މުޅި އަހަރަށް ބަހާލައިގެން ގިނަ ކަންތައްތަކެއް ދަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް 30 އަހަރަށްވުރެ ދިގު މުއްދަތަށް ހިދުމަތްކޮށްދީފައިވާ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފަ އެވެ.