މިދިޔަ ޖުލައި މަހާ އަޅާބަލާއިރު މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ދަށް ގޮސްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ރާއްޖެ އަށް ވަނީ 131،863 ޓޫރިސްޓުން އައިސްފަ އެވެ.

ނަމަވެސް މިއީ މިދިޔަ ޖުލައި މަހާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. ޖުލައި މަހު ރާއްޖެ އަށް ވަނީ 133،561 ޓޫރިސްޓުން އައިސްފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖުލައި މަހާ އަޅާބަލާއިރު މިދިޔަ މަހު ވަނީ ދުވާލަކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ދަށަށް ގޮސްފަ އެވެ.

އޮގަސްޓް މަހު އެވްރެޖްކޮށް ދުވާލަކު 4،254 ޓޫރިސްޓުން އައިސްފައިވާއިރު ޖުލައި މަހު އެވްރެޖްކޮށް 4،308 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާ އިންނެވެ. އެގައުމުން ރާއްޖެއައި ފަތުރުވެރިންގެ 14 އިންސައްތަ ހިއްސާކުރާއިރު، ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ރަޝިއާ އިން ހިއްސާކުރަނީ 12 އިންސައްތަ އެވެ.

ރާއްޖޭގެ 164 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 40،053 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 859 ހޮޓަލަކާއި ގެސްޓްހައުސް އެއް އަދި 156 ސަފާރީއެއްގައި 2932 އެނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ.