މޯލްޑްވިސް ހާފް މެރަތަން 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް އޫރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މި އިވެންޓަކީ މި މަހުގެ 9 އަދި 10 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓެކެވެ. މޯލްޑިވްސް ހާފް މެރަތަން 2022 ގައި މިފަހަރަު 15 ކިލޯމީޓަރާއި، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ފަން ރަންއާއި އިންލައިން ސްކޭޓިންއާއި ވީލްޗެއާ ރޭސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ހާފް މެރަތަންގެ ރޭސް ޑައިރެކްޓަރު ހުސައިން ޝުޖާއު ވިދާޅުވީ، މިއީ ކޮވިޑް-19 އަށްފަހު ބާއްވާ ފުރަތަމަ ބޮޑު އިވެންޓް ކަމަށެވެ. މޯލްޑިވްސް ހާފް މެރަތަން 2022 ލޯންޗް ކުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި މި ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދުވުންތެރިން ވެސް ރާއްޖެއަށް ޒިއާރަތްކޮށް ހުވަފެންތަކުގެ ރޭސް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު

މި ދުވުމުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ދޭ އެއްބާރުލުމަށް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު އަދާ ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މި ދުވުމުގެ ކިޓް މޫލީ މެދުވެރިކޮށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އެ ގޮތުން ޓީޝާޓް ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ޑެލިވާ ކޮށް ދޭނެއެވެ. އަދި ދުވުން ފުރިހަމަ ކުރުމުން އެ ފަރާތްތަކަށް މެޑަލްތައް ވެސް މޫލީ މެދުވެރިކޮށް ހަވާލުކޮށް ދޭނެ ކަމަށް އުރީދޫން ބުންޏެވެ.