ރީދޫ ނޭޝަން އިން ކުރިއަށް ގެންދާ އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 2 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް އަކީ 100،000ރ. ގެ ގްރޭންޑް ޕްރައިޒް ޕޫލަކާ އެކު ކުރިއަށް ގެންދާ މުބާރާތެކެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ސީރީޒަކީ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ ސިލްސިލާ މުބާރާތެކެވެ.

އުރީދޫއިން ބުނީ އެ ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތް ނިމި މިހާރު ހުޅުވާލާފައި ވަނީ ދެވަނަ ކޮލިފައިން ސީރީޒް ކަމަށެވެ. އެ ސިރީޒްގައި ބައިވެރިވެވޭނީ އޮންލައިން ކޮށެވެ. އަދި ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150ރ. ގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތާއި ޓީމް ލޯގޯ މި މަހުގެ 17 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ކޮންޓެންޑާ ސީރީޒް 2 ގެ އެއް ވަނަ ޓީމަށް 10،000ރ. ދެ ވަނަ ޓީމަށް 3،000ރ. އަދި ތިން ވަނަ ޓީމަށް 2،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫއިން ބުނީ ކޮންޓެންޑާ ސީރީޒް 1 ގައި ވާދަކުރި 16 ޓީމުގެ ތެރެއިން ތިން ޓީމު މިހާރު ޗެމްޕިއަންޝިޕަށް ކޮލިފައިވެފައިވާ ކަމަށެވެ. އެ ކޮންޓެންޑާ ސީރީޒުން އެއް ވަނަ ހޯދީ އާރް ޖީސީ ޑެނޯ ޓީމެވެ. ދެ ވަނަ ހޯދީ ކޭއެޗް އީސްޕޯޓްސް އެވެ. އަދި ތިން ވަނަ ހޯދީ އެލްއެންއެން ސްޕީޝީސް އެވެ.

އުރީދޫގެ ޕަބްޖީ ޗެމްޕިއަންޝިޕަށް ދާނީ ކޮންމެ ކޮންޓެންޑާ ސީރީޒަކުން ކޮލިފައިވާ ތިން ޓީމެކެވެ. އަދި އެ ޗެމްޕިއަންޝިޕަށް ކޮލިފައިވާ ޓީމުތައް ކަނޑައެޅުމަށް ޖުމްލަ ތިން ކޮންޓެންޑާ ސީރީޒެއް ބާއްވާނެ ކަމަށް ބުންޏެވެ.

އުރީދޫއިން ބުނީ https://nation.e2sgaming.com/ ލިންކު މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ވެވޭނެ ކަމަށެވެ.