މިދިޔަ މަހުގެ ތެރޭގައި އެކަނި ވެސް ރާއްޖެ އަށް ދޮޅުލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށް އާ ރިކޯޑެއް ހަދައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މަހަކީ އޮކްޓޯބަރު މަސް ކަމަށާއި މިއަހަރުގެ އޮކްޓޯބަރު މަހުގައި 153،600 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި މިއީ ރެކޯޑް އަދަދެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. މިއީ ފާއިތުވި ތިން އަހަރާ އަޅާބަލާއިރު އަށް އިންސައްތައިގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 137،488 ފަތުރުވެރިންނެވެ. އަދި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 20،492 ފަތުރުވެރިން ޒިޔާރަތްކުރިއިރު 2021 ވަނަ އަހަރު ޒިޔާރަތްކުރީ 136،298 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 3 ޤައުމުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ. ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.