އުރީދޫގެ "އާޗާ ޕްރީޕެއިޑް" ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލެވަންސްތަކެއް ލިބޭ އޮފާއެއް ތައާރަފުކޮށްފި އެވެ.

އުރީދީން ބުނީ އާ އޮފާއިން މުޅި ހަފުތާއަށް ނުވަތަ މުޅި މަހަށް 210ޖީބީ އާ ހަމައަށް ޑޭޓާއާ އެކު އަން ލިމިޓަޑް އުރީދޫ ކޯލްސް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން ދުވާލަކަށް 4 ޖީބީ ލިބޭ 7 ދުވަހުގެ ޕެކޭޖެއް 150ރ. އަށް ނެގޭނެ އެވެ. އަދި 500ރ. 5 ޖީބީ ލިބޭ 30 ދުވަހުގެ ޕެކޭޖެކާއި 750ރ. އަށް ދުވާލަކު 7 ޖީބީ ލިބޭ ޕެކޭޖެއް ވެސް ހިމެނެ އެވެ.

އުރީދޫން ވަނީ މަގޭ ޕްލޭން ކަސްޓަމަރުންނަށް ވެސް ބޮޑެތި ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފަ އެވެ. އޭގެ ދަށުން 300ރ. އަށް 25 ޖީބީ އަދި 350ރ. އަށް 30 ޖީބީގެ މަންތްލީ ޕެކޭޖުތަކެއް ތައާރަފުކޮށްފައިވެ އެވެ.

އުރީދޫއިން ވަނީ މަގޭ ޕްލޭން ކަސްޓަމަރުންނަށް ވެސް ބޮޑެތި ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށާފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން 300ރ. އަށް 25 ޖީބީ އަދި 350ރ. އަށް 30 ޖީބީގެ މަންތްލީ ޕެކޭޖުތަކެއް ވަނީ ތައާރަފުކޮށްފަ އެވެ.

މިއީ އުރީދޫގެ ލިމިޓެޑް ޓައިމް އޮފާތަކެކެވެ.