އުރީދޫ އިން ދިވެހި އުފެއްދުމެއް ކަމަށް ވާ ޕާޕަލްލޭން އެޕް - ލޯޔަލްޓީ ރިވޯޑް ޕްލެޓްފޯމާ ޕާޓްނާވެ، އެ ޕްލެޓްފޯމް މެދުވެރިކޮށް ކްލަބް ޕްރިމިއާ ކާޑާއި އެ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ޕާޕަލް ލޭން އެޕް މެދުވެރިކޮށް އެފައިދާތައް ހޯދުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދީފި އެވެ.

ސީހައުސް މޯލްޑިވްސްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފްކޮށްދެއްވީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި ޕާޕަލްލޭން އެޕްގެ ކޯ ފައުންޑާ އެވެ.

މި ޕާޓްނާޝިޕާއެކު އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ކްލަބް ޕްރިމިއާ ޑިޖިޓަލް ކާޑު އަދި ކްލަބް ޕްރިމިއާ ޕާޓްނަރުންނާއި އެ ފަރާތްތަކުން ލިބޭ ހާއްސަ ޑިސްކައުންޓްތަކާއި އޮފާތައް ޕާޕަލްލޭން އެޕުން ބަލައިލެވޭނެ އެވެ.

ޕާޕަލްލޭން އެޕްލިކޭޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިއަށް ރިވާޑްސް އަދި ވިޔަފާރިތަކުގެ ލޯޔަލްޓީ ޕްރޮގްރާމާ ކާޑުތައް ފަސޭހަކަމާއެކު އެއްތަނަކުން ދައްކުވައިދޭ ޕްލެޓްފޯމެކެވެ. ޕާޕަލްލޭން މެދުވެރިކޮށް ވިޔަފާރިތަކަށް ޑިޖިޓަލްކޮށް ގިފްޓް ކާޑު ދޫކުރުމާއި، ކަސްޓަމަރުންގެ މެދުގައި ޕޮއިންޓް ޓްރާންސްފާ ކުރުމާއި، ކޫޕަން ދިނުމުގެ އިތުރުން އެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ހާއްސަ އޮފާތައް އިޝްތިހާރު ކުރުމުގެ ވަސީލަތްތައް ފޯރުކޮށްދެ އެވެ.

ޕާޓްނާ ވިޔަފާރިތަކުން ކަސްޓަމައިޒްޑް ރިވޯޑްސް ޕްރޮގްރާމް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭއިރު، ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް މިހާރު ހިންގަމުން އަންނަ ޕްރޮގްރާމްތައް ވަގުތުން އެޕަށް އިންޓަގްރޭޓް ކުރެވޭނެ އެވެ. ވިޔަފާރިތަކުން ތައާރަފް ކުރާ މިފަދަ ޕްރޮގްރާމްތަކުގެ ޝަރުތުތަކަށް ބެލުމަށްފަހު ޕޮއިންޓްތައް ކަސްޓަމަރުންނަށް ރިޑީމް ކުރެވޭނެ އެވެ.

ކްލަބް ޕްރިމިއާ ޚިދުމަތް އުރީދޫން ތައާރަފްކުރީއްސުރެ، މި ހިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެ އެވެ. އެގޮތުން ފަހުގެ އައު ބްރޭންޑްތަކާއި ޕާޓްނާވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެ އެވެ. ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ބްރޭންޑް ލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން 20 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

މީގެ އިތުރުން ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަކޮށްފައިވާ ކްލަބް ޕްރިމިއާ ލައުންޖުން ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއި އެކު ލިބިވަޑައިގަންނަވާނެ އެވެ.