އުރީދޫ ނޭޝަން އިން ބާއްވާ ފީފާ މުބާރާތަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 15ގެ ކުރިން ރަޖިސްޓްރީވެވޭނެ އެވެ.

އެގޮތުން: މި ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެ

އުރީދޫން ބުނި ގޮތުގައި، މި މުބާރާތް ފަށާނީ މި މަހުގެ 16ގަ އެވެ.

އުރީދޫގެ އިތުރުން، އީޓުއެސް ގޭމިން އާއި ފުވައްމުލަކު އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެން މި މުބާރާތް ބާއްވަނީ:

  • މާލެ
  • ފުވައްމުލައް
  • އައްޑޫ
  • ކުޅުދުއްފުށި

އީއޭ ފީފާ އޮންލައިން މުބާރާތްތަކުގެ ރަސްމީ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭ މި މުބާރާތުގައި ބައިވެރިން ވާދަކުރާނީ ގްރޫޕް ސްޓޭޖް، ނޮކްއައުޓް ސްޓޭޖް، ސެމީ ފައިނަލް އަދި ފައިނަލް އެވެ.

މި މުބާރާތުން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޯދާ ބައިވެރިންނަށް އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓްގެ ގިފްޓް ޕާޓްނަރު ރެޑްވޭވް އިން އަގުހުރި އިނާމުތަކެއް ދޭނެ އެވެ. އިނާމުތަކުގެ ތެރޭގައި ހިމެނެނީ އެއް ވަނައަށް ނިކާއީ 65 އިންޗީގެ ސްމާޓް ވެބް އޯއެސް 4ކޭ ޔޫއެޗްޑީ ޓީވީއެއް، ދެވަނަ އަށްް - ގޭމިން ކިޓް (ކީބޯޑް، މައުސް، ހެޑްފޯން އަދި މައުސް ޕެޑް) އަދި ތިން ވަނައަށްް - ހައިސެންސް ބާ އެޗްއެސް 201-60 2.0 ޗެނަލް ސައުންޑްބާއެއް އެވެ.