ކުރިއަށް އޮތް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ބޮޑެތި ޑާޓާ އެލަވަންސްތަކާއެކު އުރީދޫ މަގޭ ޕްލޭންގެ މުޅިން އާ ޕެކްތަކެއް ތައާރަފުކޮށްފި އެވެ.

މި ޕެކްސްތަކުގައި ހިމެނެނީ މަގޭ 450، މަގޭ 500 އަދި މަގޭ 750 އެވެ.

މި ޕެކްސްތަކަށް ވަކި ވަކިން ބަލައިލާއިރު މަގޭ 450ގައި 450 ރުފިޔާއަށް މުޅި މަސްދުވަހު ބޭނުންކުރަން 85 ޖީބީ ލިބޭނެ އެވެ. މަގޭ 500 ގައި 500 ރުފިޔާއަށް މުޅި މަސް ދުވަހު ބޭނުންކުރަން 100 ޖީބީ ލިބެ އެވެ. އަދި މަގޭ 750 ގައި މުޅި މަސް ދުވަހު ބޭނުންކުރަން 750 ޖީބީ ލިބެ އެވެ.

މާދަމާއިން ފެށިގެން އަންނަ މަހުގެ ފަހަކާއި ހަމައަށް ސްކޫލުތަކުގެ ފުރަތަމަ ޓާމަށް ބަންދުވެ ޗުއްޓީއެއް ލިބޭއިރު މި ޗުއްޓީގެ ތެރޭގައި ބޭނުންކޮށްލެވޭނެހެން އުރީދޫގެ އެޕް މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު މި ޕެކްތައް އެކްޓިވޭޓް ކުރެވޭނެ އެވެ.