ރާއްޖޭގެ ދުވުމުގެ މައިދާން ކުލަގަދަ ކޮށްލާ މަޖާ މާހައުލެއް ގެނުވައިދިން އުރީދޫ ކަލަރ ރަން އްޕްގްރޭޑްކޮށް އައު ކަންތައްތަކާއެކު "އުރީދޫ ފަން ރަން" މިދިޔަ ހުކުރު ދުވަހު، 5000 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު ރަން ނިންމާލައިފި އެވެ.

އުރީދޫ ފަން ރަން އިން ފޯރިގަދަ ކަލަ ރަންގައި ފެނިގެން ދާ ކުލަ ޖެހުމުގެ އިތުރުން މަޖާ އިންފްލޭޓަބަލް އޮބްސްޓެކްލްސް ގެ އިތުރުން ރަން ނިންމާ ބައިވެރިން ފެނާއި ފޯމް ޕާޓީއަކުން 5 ކިލޯމީޓަރު ހަމަ ކުރުމުގެ އުފާ ފާހަގަކުރަމުންދިޔަ އެވެ.

މި ދުވުން ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި މިނިސްޓަ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ފަން ރަންގެ ދުވުންތެރިންނާއެކު ނަގި ސެލްފީއަކުންނެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ފަން ރަން އަކީ 2022 ވަނަ އަހަރަށް ވަރަށް ފުރިހަމަ ނިމުމެއް ކަމަށެވެ.

"ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ފަން ރަން އަކީ އަހަރު ނިމުމަކަށް ގެނެސް، އަޅުގަނޑުމެންގެ މުޖުތަމައުތަކާ އެކު މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށް ބާއްވާ ދުވުމެކެވެ. މިއަހަރުގެ ދުވުމަކީ ޕެންޑެމިކަށްފަހު އުރީދޫ މޯލްޑިވްސްއިން ބޭއްވި ފުރަތަމަ ފިޒިކަލް ރަން ކަމަށް ވީ އިރު ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބާއި ފެނުނު އުފާވެރިކަމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. މި ހަރަކާތަކީ މަޖާ 5ކޭ އެއްގެ ގޮތުގައި އާ އަދި ތަޖުރިބާކާރު ދުވުންތެރިންނަށް ވެސް މި އުފަލުގައި ބައިވެރިވުމަށް މަރުހަބާ ކިޔާ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮންމެ ކިލޯމީޓަރެއް ދުވުމުން ކުލަޖަހާ ތަފާތު ފަން ސްޓޭޝަންތަކާއި އެކު ދުވުން ނިންމާލައިފައި ވަނީ ވޯޓާ ފައުންޓޭނަކާއި ފޯމް ޕާޓީއަކުންނެވެ. އުރީދޫ ފަން ރަންގެ ބައިވެރިން ދުވުން ނިންމާލާފަރާތްތަކަށް ބޭއްވި ފޯމް ޕާޓީއާއެކު ސޯޝަލް މީޑިއާގައި ވަނީ ރަންގެ މެޑަލްތަކާއި އުފާފާޅުކުރުމުގެ ހިތްގައިމު ފޮޓޯތަކުން ފުރިފަ އެވެ.

އުރީދޫ ފަން ރަންގެ ދެވަނަ އެޑިޝަން އަންނަ އަހަރު ބޭއްވުމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި މި ދުވުން ރާއްޖޭގެ ސަރަޙައްދުތަކަށް ފުޅާކޮށް، މި މަޖާ ހަރަކާތުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނޭކަމުގެ ޔަގީންކަން އުރީދޫއިން އަރުވަ އެވެ.