ވީއާރު ސިސްޓަމް ބޭނުންކޮށްގެން "ރޭމްޕް ވީއާރު ޓްރެއިނިން" ގެ ނަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތަމްރީން ޕްރޮގްރާމްތަކެއް ހިންގައިފި އެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ ޒަމާނީ ޓެކްލޮނަޖީގެ އެހީގައި ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެވެ. ވީއާރު ސިސްޓަމްގެ އެހީގައި ކުރިއަށް ގެންދިޔަ "ރޭމްޕް ވީއާރު ޓްރެއިންނިން" ގެ މަގުސަދަކީ އެއާޕޯޓުގައި ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލް އިން ބޭނުން ކުރަނީ އަޔާޓާގެ ރޭމްޕް ވީއާރް އެވެ.

އެމްއޭސީއެލް އިން ބުނީ މިތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ ހުރިހާ ރޭމްޕް އޮފިސަރުން އެއާޕޯޓުގެ އަމަލީ މަސައްކަތުގައި ބައިވެރިވާނެ ކަމަށެވެ. އެގޮތުން މި ތަމްރީން ޕްރޮގްރާމް މިހާރު 18 ރޭމްޕް އޮފިސަރުން ފުރިހަމަކޮށްފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

ވީއާރް މެދުވެރިކޮށް ދިން ތަމްރީނު ޕްރޮގްރާމާ ބެހޭ ގޮތުން އެމްއޭސީއެލް އިން ނޫސްވެރިންނަށް މައުލޫމާތު ދެނީ. ފޮޓޯ: އެމްއޭސީއެލް

މި ތަމްރީން ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެމްއޭސީއެލް އަކީ މުވައްޒަފުންގެ ކުރިއެރުމަށް އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އައިޓާގެ ރޭމްޕްވީއާރް ޓްރެއިނިން ބޭނުންކޮށްގެން މިމަހުގެ 4 ވަނަ ދުވަހު އެމްއޭސީއެލްގެ 18 މުވައްޒަފަކު ވަނީ ޓްރެއިން ކޮށްފަ އެވެ. އޭގެ ތެރޭގައި ރޭމްޕް މާޝެލިން އާއި އެއާކްރާފްޓް ޖެއްސުމަށްފަހު ބެލެއްހެއްޓުމުގައި މުވައްޒަހުން ބަލަން ޖެހޭ ކަންކަން ވެސް ވީއާރް މެދުވެރިކޮށް ދަސްކޮށްފައިވެ އެވެ.