އުރީދޫއިން މި އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އަހަރީ ޑޭޓާ ޕްލޭނެއް ތައާރަފްކޮށްފި އެވެ.

ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނީ ދިގު މުއްދަތަށް ބޭނުންކުރެވޭ މި ޕްރީޕެއިޑް ޕްލޭން – "އަހަރީ ޕްލޭން" ގަންނަ ފަރާތްތަކަށް އެންމެ 3،000 ރުފިޔާއަށް 1 ޖީބީ ޑެއިލީ ޑޭޓާ، ޖުމްލަ 365 ޖީބީ ޑޭޓާ ލިބޭނެ ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި "އަހަރީ ޕްލޭން" ޑިޒައިންކޮށްފައި ވަނީ ގިނަގިނައިން ރީޗާޖް ކުރަން ބޭނުން ނުވާ އަދި ދިގު މުއްދަތަށް ބޭނުންކުރެވޭ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ. އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އަހަރީ ޕްލޭން ގަނެވޭނެ އެވެ.

އަހަރީ ޕްލޭން އެކްޓިވޭޓް ކުރުމަށް:

  • އުރީދޫ އެޕް http://ore.do/app އަށް ޒިޔާރާތްކުރައްވާ،
  • UD365 ޖެއްސެވުމަށްފަހު 5555 އަށް އެސްއެމްއެސް ކުރައްވާ، ނުވަތަ
  • 1#*929* އަށް ޑައަލް ކުރައްވާ .

އުރީދޫ ބުނީ އެ ކުންފުންޏާ އަލަށް ގުޅޭ ކަސްޓަމަރުންނަށް އުރީދޫ ފިހާރައިން ނުވަތަ އުރީދޫ ޕާޓްނާ ޝޮޕަކުން ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭނެއް އެކްޓިވޭޓްކުރުމަށްފަހު، އަހާރީ ޕްލޭން އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.