އަންނަ ހަފްތާތެރޭގައި ރިސޯޓު ހަދަން އިތުރު ރަށްތަކެއް ބީލަމަށް ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މިބުރުގައި 9 އަތޮޅަކުން ރިސޯޓު ހަދަން 14 މަޝްރޫއެއް އިއުލާން ކުރުމަށް ހަމަޖެހިފައިވެ އެވެ.

އެގޮތުން ރިސޯޓު ހެދުމަށް އެ ރަށްތައް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ.

ރިސޯޓު ހަދަން ރަށާއި ފަޅު ދޫކުރުމަށް ހަމަޖެހިފައިވާ އަތޮޅުތައް:

  • ހއ އަދި ހދ އަތޮޅު – 3 މަޝްރޫއު
  • މ. އަތޮޅު – 1 މަޝްރޫއު
  • ތ. އަތޮޅު – 1 މަޝްރޫއު
  • ގއ. އަތޮޅު – 2 މަޝްރޫއު
  • ގދ. އަތޮޅު- 3 މަޝްރޫއު
  • ކ. އަތޮޅު – 1 މަޝްރޫއު
  • ފ. އަތޮޅު – 2 މަޝްރޫއު
  • ރ. އަތޮޅު – 1 މަޝްރޫއު

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ތެރޭގައި ވަނީ އާ 5 ރިސޯޓު ހުޅުވާފަ އެވެ. އަދި މިއަހަރު ތެރޭގައި އިތުރު 9 ރިސޯޓު ހުޅުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ޓޫރިޒަމަށް ޖުމްލަ 59608 އެނދު ނެރެފަ އެވެ. މިއީ 1،207 ފެސިލިޓީއަކުން ނެރެފައިވާ އެނދެވެ.

އެންމެ ގިނަ އަދަދަކަށް އެނދު ނެރެފައި ވަނީ ރިސޯޓުތަކުންނެވެ. ރާއްޖޭގައި މިހާރު 168 ރިސޯޓަކުން ޖުމްލަ 41،049 އެނދު ވަނީ ޓޫރިޒަމަށް ނެރެފަ އެވެ.