ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސް 2023 ގައި އުރީދޫ ގްރޫޕުގެ ޓީމަކުން ބައިވެރިވެއްޖެ އެވެ.

އުރީދޫ އިން ބުނި ގޮތުގައި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރީގައި އުޅޭ ބޮޑެތި ކުންފުނިތައް ބައިވެރިވާ އެ ކޮންގްރެސްއަށް އުރީދޫ ގުރޫޕުގެ ޓީމަކުން ދިޔައީ އެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، އެ ފަދަ ކުންފުނިތަކާ އެކު މަސައްކަތް ކުރުމަށް ހުރި ފުރުސަތުތައް ހޯދުމަށެވެ.

އެ ކޮންގްރެސްގެ ތީމުތަކުގެ ތެރޭގައި ހިމެނެނީ 5ޖީ އެކްސެލެރޭޝަން، ރިއާލިޓީ ޕްލަސް، އޯޕަން ނެޓް، ފިންޓެކް އަދި ޑިޖިޓަލް އެވްރިތިން އެވެ.

އުރީދޫއިން ބުނި ގޮތުގައި އެ ކޮންގްރެސްގައި އުރީދޫގެ އިސްވެރިން އެކި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކޮށް، ހިދުމަތްތައް ފުޅާކުރުމާއި ގުޅުން ބަދަހިކޮށް، ވިޔަފާރީގެ އާ ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

ހޯމަ ދުވަހު ފެށި އެ ކޮންގްރެސް ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ.