ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން އިންތިޒާމުކުރާ މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތާއި ކަނޑާ ގުޅުންހުރި ހިދުމަތްތައް ދޭ ފަރާތްތައް އެއްތަންކޮށްދޭ އެންމެ ބޮޑު އެކްސްޕޯ އެވެ.

ބޯޓިން އިންޑަސްޓްރީގެ ބައިވެރިއެއްގެ ހައިސިއްޔަތުން އެލައިޑް އިންޝުއަރަންސުން މެރިން އެކްސްޕޯގައި މި އަހަރު ވެސް ބައިވެރިވެ އެވެ.

އެ ކުންފުނިން ބައިވެރި ވަނީ އުޅަނދެއް ދުއްވަން ފެށުމުގެ ކުރިން ހޯދަންޖެހޭ މުހިންމު ދެ އިންޝުއަރެންސް ޕްރޮޑަކްޓާއެކު އެވެ. އެއީ "މެރިން ހަލް އިންޝުއަރަންސް" އާއި "ޓޯޓަލް ލޮސް އޮންލީ" އާއެކު އެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ތަޖުރިބާކާރު އިންޝުއަރަންސް ޕްރޮވައިޑާ އެލައިޑް އިންޝުއަރަންސަކީ ބޯޓިން އިންޑަސްޓްރީގެ އެންމެ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ އިންޝުއަރަންސް ޕާޓްނަރެވެ.

މިހާރު ކުރިޔަށް މޯލްޑިވްސް މެރިން އެކްސްޕޯގައި ހުންނަ އެލައިޑްގެ ސްޓޯލުން މީހަކަށް މައުލޫމާތު ދެނީ. ފޮޓޯ: އެލައިޑް

އެލައިޑްގެ މެރިން ހަލް އިންޝުއަރަންސް ނެގުމުން ލިބޭނެ ފައިދާއާއި ރައްކާތެރިކަމާއި އަދި އެހެނިހެން ވެސް މުހިންމު މައުލޫމާތުތައް, އެ އެކްސްޕޯގައި ހުންނަ އެލައިޑްގެ ސްޓޯލުން އަންނަނީ ދެމުންނެވެ.

"އަޅުގަނޑުމެން މިގެންދަނީ ކަނޑުމަތީ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ރަނގަޅަށް ކަވަރު ދެ ޕޮލިސީއެއް މިތަނުގައި ޕްރޮމޯޓްކުރަމުން. މިތަނަށް ޒިޔާރަތްކުރާ މީހުންގެ ވަރަށް ބޮޑު ތަރުހީބެއް ކޮންމެ ދުވަހަކު ވެސް ލިބެމުންދޭ،" އެ ސްޓޯލުން ވާހަކަދެއްކި އެލައިޑްގެ މުވައްޒަފަކު ބުންޏެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށްދާ އެކްސްޕޯގައި ހުންނަ އެލައިޑްގެ ސްޓޯލަށް ޒިޔާރަތްކުރާ ވިޒިޓަރުންގެ މެދުގައި މިއަހަރު ވެސް ހާއްސަ ގުރުއަތެއް ނަގަ އެވެ.