އީދު ނަމާދަށް ފަހު އާއިލާއާއިއެކު އީދު ބޯކިބާ ކެއުމަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ މަޝްހޫރުވެފައިވާ އާދައެކެވެ. މިގޮތުން މި އާދަކާދަ ދިރުވާ އާލާކުރުމުގެ ގޮތުންނާއި ދިރާގު އީދު ބޯކިބާ ގިނަ އަދަދެއްގެ ފަރާތްތަކަށް ގެނެސްދިނުމުގެ ގޮތުން އެ ކުންފުނިން ވަނީ މިއަހަރު "ދިރާގު އީދު ބޯކިބާ" ނާސްތާއެއް ބޭއްވުމަށް ހަމަޖައްސާފަ އެވެ.

މި އީދު ސައިކުރިއަށް ދާނީ މާލެ އާޓިފިޝަލް ބީޗް އާއި ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. މާލޭގެ އިވެންޓް ކުރިއަށް ދާނީ މާލެ ސިޓީ ކައުންސިލާއި ގުޅިގެންނެވެ. އަދި ހުޅުމާލޭގެ އިވެންޓް ކުރިއަށް ދާނީ އާބަންކޯއާ ގުޅިގެންނެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ދިރާގު އީދު ބޯކިބާ މިއަހަރު ވެސް އާންމުންނާއި ހަމައަށް ގެނެސްދީ، ދިވެހިންގެ މި ރީތި އާދާ އިތުރަށް އާލާކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިފަދަ އިޖްތިމާޢީ ހަރަކާތްތައް ހިންގާ ބޭއްވުމުގައި އަޅުގަނޑުމެންގެ ޕާޓްނަރުން، މާލެ ސިޓީ ކައުންސިލާއި އާބަންކޯއިން އަބަދުވެސް ދެއްވަމުންދާ އެއްބާރުލު ފާހަގަކޮށް އެފަރާތްތަކަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ދިރާގުގެ އެސިސްޓެންޓް މެނޭޖަ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ އާންމުންނަށް ތަފާތު ގިނަ އިޖްތިމާއީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.